09 އެޕްރީލް 2023
ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން މެދުވެރިވާ، ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް އަނެއްކާވެސް ހިނގައިފާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް، ބ. ފުޅަދޫގެ ރީތި މުރަކަ ބަގީޗާ ހުދުވާން ފަށައިފި އެވެ.
ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން މެދުވެރިވާ، ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް އަނެއްކާވެސް ހިނގައިފާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް، ބ. ފުޅަދޫގެ ރީތި މުރަކަ ބަގީޗާ ހުދުވާން ފަށައިފި އެވެ.
ރާއްޖޭގެ ތިމާވެއްޓާއި ކަނޑުފަޅުތަކުގެ ދިރުންތަކާ ބެހޭ މައުލޫމާތު ގެނެސްދޭ ޖަމިއްޔާއެއް ކަމަށްވާ މެރިން ޖާނަލް މޯލްޑިވްސް އިން ބުނީ، ގާ ހުދުވުމުގެ އަލާމާތްތައް ފުޅަދޫގެ ރީތި މުރަކައިގެ (މޮންޓިޕޯރާ) ބަގީޗާއިން ފެންނަން ފަށާފައިވާ ކަމަށެވެ.
އެއީ ސްނޯކްލިންއަށް ދާ މީހުންނާއި ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ފަރެކެވެ.
ބ. ފުޅަދޫގެ ރީތި މުރަކަ ބަގީޗާ ހުދުވާން ފަށާފައި: ގާ ހުދުވުމުގެ ހާދިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު އޮތީ ދީފައި.-- ފޮޓޯ: މެރިން ޖާނަލް މޯލްޑިވްސް
ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުން ވެސް ދިރޭ މުރަކަ ހުދުވާ މައްސަލަ ރިޕޯޓްކުރަމުންދާ ކަމަށް މެރިން ޖާނަލް މޯލްޑިވްސް އިން ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ މި އަހަރުގެ ފެބްރުއަރީ މަހު 11 ގައި އާއި މިދިޔަ އަންގާރަ ދުވަހު ނަގާފައިވާ ފުޅަދޫގެ މުރަކަ ބަގީޗާގެ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުން، ފުޅަދޫ ފަރުގައި ގާ ހުދުވެފައި ހުރި މިންވަރު އަޅާކިޔެ އެވެ.
ގާހުދުވުމުގެ އަލާމާތްތައް ފުޅަދޫގެ ރީތި މުރަކައިގެ (މޮންޓިޕޯރާ) ބަގީޗާއިންވެސް ފެންނަންފަށައިފިއެވެ. ⚠
— މެރީން ޖަރނަލް މޯލްޑިވްސް (@MarineJournalMV) April 8, 2023
މިއަހަރަށް ނިމުތުކުރެވިފައިވާ އެލްނީނޯގެ އަސަރުން ރާއްޖޭގެ ސަރަޙައްދުގެ ކަނޑުގެ ލޮނުގަނޑު މިދުވަސްވަރުދަނީ ހޫނުވަމުންނެވެ. 1/3? pic.twitter.com/IwOCudc6Qx
މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ދީފައިވާ ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރާ އެއްގޮތަށް ކަނޑުގެ ލޮނުގަނޑު މި ދުވަސްވަރު ވަރަށް ބޮޑަށް ހޫނުވަމުން ދާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
އެމްއެމްއާރްއައި އެންމެ ފަހުން ބުނެފައިވާ ގޮތުގައި، ގާ ހުދުވުމުގެ ހާދިސާއެއް ދިމާވާނެ ކަމަށް ލަފާކޮށް ނެރޭ ފޯކާސްޓުގައި ރާއްޖެ މިހާރު އޮތީ "ވޯނިން ލެވަލް"ގަ އެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި، ނުރައްކާތެރި ދަރަޖައަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
ރާއްޖެއަށް އެންމެ ހޫނުގަދަވާ ފެބްރުއަރީ - މޭ ދުވަސްވަރު މި އައި އިންޒާރާ އެކު، އެމްއެމްއާރްއައި އިން ބުނެފައި ވަނީ ގާ ހުދުވާކަން ފާހަގަވެއްޖެ ނަމަ، އެކަމަށް ހާއްސަކޮށްގެން އެ އިދާރާއިން ހަދާފައިވާ ގޫގުލް ފޯމާއި ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.
ބ. ފުޅަދޫގެ ރީތި މުރަކަ ބަގީޗާ ހުދުވާން ފަށައިފައި: ގާ ހުދުވުމުގެ ހާދިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު އޮތީ ދީފައި.-- ފޮޓޯ: މެރިން ޖާނަލް މޯލްޑިވްސް
ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް އެންމެ ފަހުން ހިންގާފައި ވަނީ 2019 ވަނަ އަހަރު އެވެ.
ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކު، އާދަޔާ ހިލާފަށް ދުނިޔެ ހޫނުވުމެވެ.
މިފަދަ ހާދިސާއަކުން ލިބޭ ގެއްލުން ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެބަހުއްޓެވެ. އެމްއެމްއާރްއައި އިން ކުރިން ބުނެފައިވާ ގޮތުގައި، ހާއްސަކޮށް ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގަމުންދިއުމަކީ ގާ ހުދުވުމުގެ ހާދިސާއަކަށް ފަހު ފަރުތައް އަލުން އިއާދަވާން ހުރަސްއަޅައިފާނެ ކަމެކެވެ. އެހެންވެ، އެފަދަ މަޝްރޫއުތައް ހިންގުމުގައި މިކަމަށް ސަމާލުވާން ޖެހެ އެވެ.
އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު ބޮޑުވެއްޖެ https://t.co/upBjuWcPbS
— Mihaaru (@Mihaarunews) February 23, 2023
އެ އިދާރާއިން "މިހާރު" އަށް ކުރިން ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998ގައި ފާހަގަކުރެވުނު ފަހުން އެފަދަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016ގައި އައި ގާ ހުދުވުމެވެ.
ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ އެ ފަހަރެވެ. އެ ދިރާސާއަށް ފަހު އެމްއެމްއާރްއައި އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި 73 ޕަސެންޓް މުރަކަ ހުދުވި އެވެ.
ގާ ހުދުވާތީ ބިން ހިއްކުން މަޑުޖައްސާލަން އެދިއްޖެ
ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަނީ
މިއަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ދިމާވާން ފަށައިފި
މުރަކަ އާލާ ކުރުމުގެ އާ އުކުޅަކާއެކު އުންމީދު!
މިހާރުގެ ހާލަތު އޮވެގެން ފަރުތައް ނެތިގެން ހިނގައިދާނެ
ރާއްޖޭގެ މުރަކަ މޫސުމީ ބަދަލަށް ހޭނެނީތަ؟
އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު
ގާހުދުވުމުގެ މައްސަލަ އޮތީ ނުރައްކާތެރި ހާލަތެއްގައި
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
މިއީ ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އެއް އަހަރު