ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާކަން، "މިހާރު" އަށް އެނގިއްޖެ އެވެ.
10 އެޕްރީލް 2023
ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާކަން، "މިހާރު" އަށް އެނގިއްޖެ އެވެ.
ފެނަކައިގެ ދަރަނީގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހަން އެދިވަޑައިގެން "މިހާރު" އަށް ވިދާޅުވީ ފެނަކައިން އެސްޓީއޯ އަށް އެކަނި ވެސް 1.8 ބިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށެވެ. އަދި އަމިއްލަ އެހެން ކުންފުނިތަކަށް ވެސް އެއް ބިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ފެނަކައިގެ މެނެޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހަންމަދު އާ ގުޅޭ ގޮތް ނުވާތީ މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
"މިހާރު" އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވީ އެސްޓީއޯ އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ، ފެނަކަ އަށް ތެޔޮ ނުވިއްކަން އެ ކުންފުނީގެ ބޯޑުން މިދިޔަ ފެބްރުއަރީ މަހު ނިންމި ކަމަށެވެ. އެހެން ނަމަވެސް، ފެނަކަ އަށް ތެޔޮ ވިއްކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައެއް ޑިރެކްޓަރުންނަށް ގުޅުއްވައިގެން އެކަން ހައްލުކޮށްދޭން އެދިވަޑައިގެންނެވުމުން ބޯޑުގެ އެ ނިންމުން ފަހުން ބަދަލުކުރި އެވެ.
ފެނަކައިން ނުދައްކާ ހުރި ބިލްތަކުގެ ތެރޭގައި 2019 ވަނަ އަހަރުގެ ތެލުގެ ބިލްތައް ވެސް ހުރި ކަމަށް ވެ އެވެ. އަދި 2021 ވަނަ އަހަރު ފެށިގެން މިއަދާ ހަމައަށް އެއްވެސް ބިލަކަށް އެސްޓީއޯ އަށް ފެނަކައިން ފައިސާ ދައްކައިފައި ނުވާ ކަމަށް ވެ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދޭ، ފެނަކައިން އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ، އަމިއްލަ ބައެއް ފަރާތްތަކުން ވެސް މިއަދު ވަނީ ފެނަކަ އޮފީސް ކުރިމަތީގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ފެނަކަ އޮތީ ހިންގުން ދޯދިޔާވެ ބޮއްސުންލައިފަ އެވެ. އަދި އެ ކުންފުނީގެ ހުރިހާ އެސެޓެއް ވިއްކިޔަސް ދަރަނި ނުދެއްކޭވަރަށް ކުންފުނި ދަރާފައިވާ ކަމަށާއި އެ ކުންފުނި ރަނގަޅު ކުރަން އެއްވެސް މުއައްސަސާއަކުން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އަށް ލިބެންޖެހޭ 800 މިލިއަން ނުދައްކާ
ފެނަކަ ހަމައަކަށް ނޭޅެނީ ކުރީގެ އިހުމާލާހެދި: ނަޖާހު
ސައީދަށް ކުރާ ދެވަނަ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓް
ފެނަކައިގެ ފައިސާއެއްގައި ނުޖެހެން: އިބޫ
"ފެނަކައާ ގުޅޭ 161 މައްސަލަ ތަހުގީގު އެބަކުރަން"
ފެންނަނީ ކޮރަޕްޝަން ނުހުއްޓޭ ތަން: ނާޒިމް
ކޮރަޕްޝަން ކުށަށް ދޭންވީ އެންމެ ބޮޑު އަދަބު:ފަނޑިޔާރު
ފެނަކަ ހުލިކޮށްލާއިރު ވެސް ތިބެނީ ބަލަހައްޓައިގެން!
ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް!
ސައީދަށް ކުރި ދައުވާއެއްގެ ހުކުމް މިއަދު އިއްވަނީ