މިހާރުގެ ސަރުކާރަށް ދެ އަހަރު ވީ އިރު ވެސް ފެނަކަ ކޯޕަރޭޝަން ހަމައަކަށް ނޭޅުވިގެން އުޅެނީ ކުރިން ވެފައި އޮތް އިހުމާލު ބޮޑުވުމުން ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.
24 ނޮވެމްބަރ 2025
މިހާރުގެ ސަރުކާރަށް ދެ އަހަރު ވީ އިރު ވެސް ފެނަކަ ކޯޕަރޭޝަން ހަމައަކަށް ނޭޅުވިގެން އުޅެނީ ކުރިން ވެފައި އޮތް އިހުމާލު ބޮޑުވުމުން ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުހެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނަޖާހް ވިދާޅުވީ ފެނަކަ އަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނަށް ބައެއް ހިދުމަތްތަކާއި ތަކެތި ފޯރުކޮށްދިން ފަރާތްތަކުގެ ލިޔެކިއުން ފުރިހަމަކޮށްފައި ނެތުން ކަމަށެވެ. ކުރީގެ ސަރުކާރުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ އެއްވެސް ޑޮކިއުމެންޓެއް ނެތް ކަމަށާއި ފޭކް އެއްޗެހި ގެނައީ ކޮންބައެއްތޯ ބެލުން ފަދަ މަސައްކަތްތައް ވެސް އުނދަގޫވެފައި ވަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރު ވެފައި އޮތް އިހުމާލު އަސްލު ވަރަށް ބޮޑު. ބޮޑުވީމާ އަޅުގަނޑުމެންނަށް، ދެ އަހަރު ވީއިރު މިސަރުކާރަށް މި ކުންފުނި ހަމައަކަށް ނޭޅުވިގެން. މިއުޅެނީ. އަސްލު މި ކުންފުންޏަކީ ފައިސާ ވެސް ހަމަ [ވާ ކުންފުންޏެއް]. ދެން އަޅުގަނޑުމެންނަކީ މާބޮޑު ފައިދާއަކަށް މަސައްކަތް ކުރާ ބައެއް ނޫން. އެހެން ނަމަވެސް ހިދުމަތް ދިނުމުގައި ބުރޫ ނާރާ ވަރަށް ފައިސާ ވެސް ކުންފުންޏަށް ވަދޭ،" ނަޖާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނަކައަށް ދަތިތައް ކުރިމަތިވެގެން އުޅެނީ ކުރިން ގެނެސްފައި ހުރި ބައެއް ތަކެތީގެ ފެންވަރު ދަށްކަމުންނެވެ. އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވީ އައްޑޫގައި ބަހައްޓާފައި ހުރި ބައެއް ޖަނަރޭޓަރުތަކެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
"އައްޑޫގައި އަޅުގަނޑުމެން މިސަރުކާރުން އެރުވި ޖަނަރޭޓަރެއް ނުވޭ ހަލާކެއް. އެކަމަކު މިދިޔަ ސަރުކާރުން އެރުވި ހުރިހާ ޖަނަރޭޓަރެއް، ނޭވައެއްގެ ދެކޮޅު ހަލާކުވެގެން މި ޖެހެނީ މަރާމާތުކުރަން،" ނަޖާހް ވިދާޅުވި އެވެ.
ފެނަކައިގެ ހަަރަދުކުޑަކުރަން މިހާރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ ކުންފުންޏަށް ހިދުމަތާއި ތަކެތި ހޯދުމުގައި މިހާރު ބަލަނީ މާކެޓް ރޭޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެނަކައަށް މުވައްޒަފުން އިތުރަށް ނަގާ ތަން ފެނިދާނެ ކަމަށާއި ނަމަވެސް އެއީ އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށް ކޮންޓްރެކްޓް އުސޫލުން ނަގާ މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެންނަނީ ކޮރަޕްޝަން ނުހުއްޓޭ ތަން: ނާޒިމް
ފެނަކައާ ގުޅޭ ކުއްލި މައްސަލައެއް
އަބްދުއްރަހީމާއި ރިޔާޒަށް ފައިދާ ހޯދައެއްނުދެން: ނިމާލް
ސައީދަށް ކުރާ ދެވަނަ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓް
"ފެނަކައާ ގުޅޭ 161 މައްސަލަ ތަހުގީގު އެބަކުރަން"
ކޮރަޕްޝަން ކުށަށް ދޭންވީ އެންމެ ބޮޑު އަދަބު:ފަނޑިޔާރު
ފެނަކަ ހުލިކޮށްލާއިރު ވެސް ތިބެނީ ބަލަހައްޓައިގެން!
ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް!
ސައީދަށް ކުރި ދައުވާއެއްގެ ހުކުމް މިއަދު އިއްވަނީ
ކޮރަޕްޝަންތައް ފަޅާއެރުމުން ސައީދަށް ގޯސްވީ ރިޕޯޓް