Roadha Mihaaru
ރިސޯޓު ހަދަން ހުޅުވާލި ދެ ރަށަކަށް ބޮޑު ތަރުހީބެއް

ރިސޯޓު ހަދަން ހުޅުވާލި ދެ ރަށަކަށް ބޮޑު ތަރުހީބެއް

14 އެޕްރީލް 2023

މިދިޔަ ޖެނުއަރީ މަހު ރިސޯޓު ހަދަން ހުޅުވާލި ރަށްތަކުގެ ތެރެއިން ދެ ރަށަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ޖެނުއަރީ މަހު ރިސޯޓު ހަދަން ހުޅުވާލި ރަށްތަކުގެ ތެރެއިން ދެ ރަށަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ، ބިޑަށް ހުޅުވާލި 14 ރަށުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ހއ. އަލިދުއްފަރުފިނޮޅާއި ތ. އޮޅުފުއްޓަށެވެ. އޮޅުފުށި ދޫކުރަނީ އޮޅުފުށި ފިނޮޅު ހިމެނޭ ގޮތަށެވެ. އަލިދުއްފަރުފިނޮޅަށް ފަސް ފަރާތަކުން ބިޑް ހުށަހެޅި އިރު އޮޅުފުއްޓަށް ތިން ފަރާތުން ބިޑް ހުށަހަޅާފައިވެ އެވެ.

އަލިދުއްފަރުފިޅޮނު ހުޅުވާލި އެކުއިޒިޝަން ކޯސްޓަށް ވުރެ 585 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އެތަނަށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 350،000 ޑޮލަރު (5.3 މިލިއަން ރުފިޔާ) އެވެ. އަދި އޮޅިފުށީގެ އެކުއިޒިޝަން ކޯސްޓުގެ އަގު ކަނޑައަޅާފައިވާ އަގަށް ވުރެ 114 ޕަސެންޓު އިތުރަށް ވަނީ ހުށަހަޅާފަ އެވެ. އެރަށަށް 700،000 ޑޮލަރު (11 މިލިއަން ރުފިޔާ) ގެ އެކުއިޒިޝަން ކޯސްޓެއް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، ރިސޯޓު ހަދަން ބޭނުންވާ ފަރާތްތަކަށް ވަނީ ބިޑު ހުޅުވަން ފުރުސަތު ހުޅުވާލާފަ އެވެ. މިހާރު ކުރިއަށްދަނީ ބިޑް އިވެލުއޭޝަން މަސައްކަތްތަކެވެ.

ޖެނުއަރީ މަހު ހުޅުވާލި ފުރުސަތުގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ތަރައްގީ ކުރާށެވެ. އެ ދެ ތަނަށް ވެސް އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ.

ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ