ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ތިންވަނަ ފަހަރަށް އިއްޔެ އިއުލާންކޮށްފި އެވެ.
13 އޮކްޓޯބަރ 2025
ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ތިންވަނަ ފަހަރަށް އިއްޔެ އިއުލާންކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށުގެ ތެރެއިން، ނަލަންދޫގައި ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުހެ ހެނދުނު 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ށ. ނަލަންދޫގެ ކުޅިއެއް: އެ ރަށުގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް މިހާރު ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އިއުލާނުގައިވާ ގޮތުގައި، ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހު 12 ވަނަ ދުވަހެވެ.
ނަލަންދޫގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އޮގަސްޓް 2023 ގަ އާއި ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު ވެސް އިއުލާން ކޮށްފައިވެ އެވެ. އެނގިފައިވާ ގޮތުގައި، އޭރު ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލީ ފުރަތަމަ ބުރުގައި ކުރިމަތިލި ފަރާތް ޑިސްކޮލިފައިވެފައި ވާތީ އެވެ. ނަމަވެސް، ދެވަނަ ބުރުގައި ވީ ގޮތެއް އަދި ސާފެއް ނުވެ އެވެ.
ގުދުރަތީ ފުރިހަމަ ކަމުގެ އަޖައިބެއްގެ ގޮތުގައި ބެލެވޭ ނަލަންދުއަކީ މަސްވެރިކަމުގެ މަސައްކަތް ކުރުމަށް 1999 ވަނަ އަހަރުން ފެށިގެން ސަރުކާރުން އަމިއްލަ މީހަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ރަށެކެވެ. އެ ރަށުގައި ކުރަނީ ހުއިފިލަނޑާ އަލާކުރުމުގެ މަސައްކަތެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ވަނީ އެ ރަށް ދައުލަތަށް ނަގައި، އެތަނުގައި ރިސޯޓެއް ހަދަން ނިންމައިފަ އެވެ.
ކިހާދުއްފަރު ރިސޯޓަށް ސަރުކާރުން ފިޔަވަޅު އަޅަނީ
ޓޫރިޒަމަށް އިޝްތިހާރު ކުރެވޭނީ ހުއްދަ އޮތް ތަންތަން
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"
ކާށިދޫ އާއި ކެލާ ފަޅުގައި ރިސޯޓުހަދަން އިއުލާނުކޮށްފި
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ