މާދަމާ އިން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
18 އެޕްރީލް 2023
މާދަމާ އިން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފިތުރު ޒަކާތުގެ ގޮތުގައި މާލެ އިން ބަލައިގަނެފައިވާ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމާ އަދި އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ.
ޒަކާތް ބެހުން އޮންނާނީ މަޖީދިއްޔާ ސްކޫލްގެ ސަލާހުއްދީން ހޯލުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
• މާދަމާ މެންދުރު 1:00 އިން 3:15 އަށް، ހަވީރު 4:00 އިން 5:30 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް
• ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 5:30 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް
މިނިސްޓްރީން ބުނީ މި ތަކެތި ބަހާނީ މާލޭގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި ރޯދަމަހު ގޮވާމުން ޒަކާތް ބަލައިގަނެފަ އެވެ.
ފިތުރު ޒަކާތަށް ދައްކަނީ އެ ބަޔަކު އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ ވަރެވެ. ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތީ އާދައިގެ ހަނޑުލާއި ތައިލެންޑް ހަނޑުލާއި ބާސްމަތީ ހަނޑުލާއި ރަތް ހަނޑޫ އަދި ގޮދަން ފުށާއި އާޓާ ފުށެވެ.
މިނިސްޓްރީން މި ރޯދަމަހު އަންނަނީ މާލޭގެ އިސްލާމީ މަރުކަޒުންނާއި ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ނަގުދު ފައިސާ އިން ވެސް ޒަކާތް ބަލައިގަންނަމުންނެވެ. އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.
ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
ކިޔަވަން ޒަކާތު ފަންޑުން އެހީ ދޭ ގޮތްތައް އިތުރުކޮށްފި
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް
މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި
މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 4،000ރ.
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ
ޒަކާތު ފަންޑުން މިދިޔަ މަހު ބޭސްފަރުވާ އަށް މިލިއަނެއް
މިނިސްޓަރަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ: ޝަހީމް
ޒަކާތު ފަންޑުން ކެންސަރުގެ ފަރުވާއަށް ބޮޑު އެހީއެއް
ޒަކާތު ފަންޑުން ގާޒާއަށް 100،000 ޑޮލަރު