Roadha Mihaaru

"އަންހެން ބުރޫސްލީ" މިއީ އަސްލެއްތަ؟

ރެސްޓޯރެއްގެ ތެރޭގައި އަންހެން ވެއިޓަރަކު، އޭނާ އަށް ފުރައްސާރަކުރި ދެ ފިރިހެނުންނަށް ހަމަލާދީ މައިތިރިކޮށްލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވައިރަލްވެއްޖެ އެވެ.

"އަންހެން ބުރޫސްލީ" މިއީ އަސްލެއްތަ؟
އަހުމަދު އަރުޝަމް
އަހުމަދު އަރުޝަމް

20 އެޕްރީލް 2023

ރެސްޓޯރެއްގެ ތެރޭގައި އަންހެން ވެއިޓަރަކު، އޭނާ އަށް ފުރައްސާރަކުރި ދެ ފިރިހެނުންނަށް ހަމަލާދީ މައިތިރިކޮށްލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވައިރަލްވެއްޖެ އެވެ.

ޓްވިޓާގައި ދައުރުވަމުން ދާ ވީޑިއޯގައި މާޝަލް އާޓްގެ ހުނަރު ދައްކާލި އަންހެން ވެއިޓަރަށް އަންނަނީ ގިނަބައެއްގެ ތައުރީފު ލިބެމުންނެވެ. އަދި ގިނަބަޔަކު އޭނާ ސިފަކުރަނީ "އަންހެން ބްރޫސް ލީ" ގެ ގޮތުގަ އެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެ ވީޑިއޯ އަކީ 2020 ވަނަ އަހަރުގެ ވީޑިއޯއެކެވެ. އެ ވީޑިއޯ މިހާރު ވައިރަލްވެ މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ އެ ބަލައިފަ އެވެ.

މި ވީޑިއޯ ބަލާފައި ވެއިޓަރަށް މީހުން ތައުރީފް ކުރާއިރު އަނެއް ބަޔަކު ބުނަނީ އެއީ އަސްލެއް ކަމަށް ނުބެލެވޭ ކަމަށާއި އެއީ ކުޅެފައިވާ މަންޒަރެއް ކަމަށް ބެލެވޭ ކަމަށެވެ.