ގަދަ ހޫނަށް ފަހު ރޭ މާލެއަށް ވެހުނު ބޯވާރޭގައި ބައެއް ތަންތަނުގައި ފެން ހެދިއްޖެ އެވެ.
ގަދަ ހޫނަށް ފަހު ރޭ މާލެއަށް ވެހުނު ބޯވާރޭގައި ބައެއް ތަންތަނުގައި ފެން ހެދިއްޖެ އެވެ.
ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ވަންދެން މާލެ ސަރަހައްދަށް ވެހުނު ވާރޭގައި މަގުތަކުގައި ފެން ހެދުނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލް އިމާރާތާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލުގެ ތެރޭގައި ވެސް ފެން ބޮޑުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލާއި އެއާޕޯޓްގެ ސްޓާފުން މިހާރު ވަނީ އެތަންތަނުގައި ހެދުނު ފެން ހިންދައިފަ އެވެ.
?#Breaking: Vaarey vehi Hulhumalé Hospital fenbodu vehjje
— #MvCrisis (@MvCrisis) April 24, 2023
Ithuru mauloomaathu: https://t.co/0C3t55yhTy pic.twitter.com/zh4i7SK8pa
ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ބުނި ގޮތުގައި، މިރޭ 8 ޖަހާކަށް ހާއިރު ވެލާނާ އެއާޕޯޓަށް ޖައްސަން އައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކާއި އެއާ އޭޝިއާގެ ފްލައިޓެއް، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނުޖެއްސިގެން އަނބުރާލަން ވެސް ޖެހުނެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ ރޭ ދަންވަރު އެކެއް ޖަހަންދެން މެދު ރާއްޖެތެރޭގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ރަށްތަކަށް ގުރުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ރާއްޖެއަށް އެންމެ ހޫނު ގަދަ މި ދުވަސްވަރު، އާދަޔާ ހިލާފަށް މި އަހަރު ހޫނުމިން ވަނީ މައްޗަށް ގޮސްފަ އެވެ. މެޓުން ބުނި ގޮތުގައި، މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް އިހުސާސްކުރެވުނު ހޫނުމިން ވަނީ 44 ޑިގްރީ ސެލްސިއަސްއަށް އަރައިފަ އެވެ.
މާލެ "އަޑިއަށް" ދަނީ ހޯދި ވަގުތީ ހައްލުތަކުން!
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
މާލެ އަޑީގައި: 24 ގަޑިއިރުން 136 މިލިމީޓަރު ވާރޭ
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
ކުރިއަށް އޮތް ތިން ދުވަހު މާލެއަށް މަސްދުވަހުގެ ވާރޭ
މާލެއަށް އިއްޔެ 100 މިލިމީޓަރުގެ ވާރޭ ވެހުނު
މިއީ މާލެއަށް މިހާތަނަށް އެންމެ ހޫނު ދުވަސް
އިހުސާސްކުރެވޭ ހޫނުމިން 44 ޑިގްރީން މައްޗަށް އަރައިފި