Roadha Mihaaru
ޗަމްޕާއިން ހަދިޔާކުރި ކަރާ މާދަމާ ބަހަން ފަށަނީ

ޗަމްޕާ ބްރަދާސް އިން ހަދިޔާކުރި ކަރަލާއި އިތުރު ކާށި މާދަމާ ސިޓީ ކައުންސިލުން ބަހަން ފަށަނީ

26 އެޕްރީލް 2023

ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކޮށްފައިވާ ކަރަލާއި އިތުރު ކާށި މާދަމާ އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ބަހަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކޮށްފައިވާ ކަރަލާއި އިތުރު ކާށި މާދަމާ އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ބަހަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނީ ދިވެހިންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކޮށްފައިވާ ކާއްޓާއި ކަރާ އެ ކައުންސިލް މެދުވެރިކޮށް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކުންފުނިން ހަދިޔާކުރި ކާށި މިދިޔަ ރޯދަ މަހު ވެސް ސިޓީ ކައުންސިލުން ބެހި އެވެ. އެ ބުރު 34،000 ވުރެ ގިނަ ކާށި ބަހާފައިވެ އެވެ.

މިފަހަރު ބަހަން ދިނީ ކިތައް ކާށި ކަމާއި ކަރަލުގެ އަދަދެއް ސިޓީ ކައުންސިލުން އަދި ނުބުނެ އެވެ.

ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، ބޮޑުތަކުރުފާނު މަގުގައި ހުންނަ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ދިއުމުން މާދަމާ އިން ފެށިގެން ކާއްޓާއި ކަރާ ލިބޭނެ ކަމަށެވެ.

ކާއްޓާއި ކަރާ ދޫކުރާ ގަޑިތައް

• ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އިން މެންދުރު ފަހު 3:00 އަށް އަދި ރޭގަނޑު 9:30 އިން 12:00 އަށް

• ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:30 އިން 11:30 އަށް

ރޯދަ މަހާ ދިމާކޮށް ކާށިގެ އަގު ވަރަށް ބޮޑުވެފައި ވަނިކޮށް އެސްޓީއޯ އިން ވަނީ ކާށި އިމްޕޯޓްކޮށް، 12ރ. އަށް ކާށި ކިލޯއެއް ވިއްކަން ފަށައިފަ އެވެ. ރާއްޖޭގައި ކާށި ލިބުން ދަތިވެފައިވާ އެއް ސަބަބަކީ ރުއްތަކަށް ބަލި ޖެހުމެވެ.