Roadha Mihaaru
ހަ ރޯދައަށް ޗަމްޕާ ބްރަދާސް އިން 25 ޓަނުގެ ކަރާ ހަދިޔާކޮށްފި

ހަ ރޯދަ އަށް ޗަމްޕާ ބްރަދާސް އިން 25 ޓަނުގެ ކަރާ ހަދިޔާކޮށްފި

16 އެޕްރީލް 2024

ހަ ރޯދަ އަށް، ދިވެހިންނަށް ބަހަން ޗަމްޕާ ބްރަދާސް އިން 25 ޓަނުގެ ކަރާ ހަދިޔާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަ ރޯދަ އަށް، ދިވެހިންނަށް ބަހަން ޗަމްޕާ ބްރަދާސް އިން 25 ޓަނުގެ ކަރާ ހަދިޔާކޮށްފި އެވެ.

ހަ ރޯދަވެރިންނަށް ހާއްސަކޮށްގެން ޗަމްޕާ ބްރަދާސްގެ ކަރާތައް ވެސް ބަހަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ މެދުވެރިކޮށެވެ.

ޗަމްޕާ ބްރަދާސް އިން މިއަދު ބުނީ، މި އަހަރުގެ ރޯދަމަހަށް ގެނައި ފަހު ޝިޕްމެންޓު އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ތަކެއްޗާއެކު، ޗަމްޕާ ބްރަދާސް އިން ވަނީ މިދިޔަ ރޯދަމަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް 95 ޓަނުގެ ކަރާ އާއި 75،000 ކާއްޓާއި 10 ޓަނު ފިޔާ އަދި 10 ޓަނު އަލުވި ބަހައިފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގެ އެންމެ އުހުގައި އުޅުއްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ޗަމްޕާ ބްރަދާސް އަކީ، ދިވެހިންގެ ލާބަ އާއި މަންފާއަށްޓަކައި އަދި ޖަމާއަތުގެ ތަރައްގީއަށްޓަކައި އެހީތަކެއް ވަމުން އަންނަ ކުންފުންޏެކެވެ.

މީގެ ކުރީ ރޯދަ މަހުގެ ތެރޭގައި ވެސް ޗަމްޕާ ބްރަދާސް އިން ރޯދަ ހަދިޔާ ބަހާފައިވެ އެވެ.