މަސްތުވާތަކެއްޗާ އެކު ހދ. ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރު އިއްޔެ ހައްޔަރުކޮށްފި އެވެ.
01 މެއި 2023
މަސްތުވާތަކެއްޗާ އެކު ހދ. ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރު އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވި ގޮތުގައި ސްކޫލްގެ ޓީޗަރު ނާއިޒް އިބްރާހިމް މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ ކުޅުދުއްފުށިން އައިތަނުން ނޮޅިވަރަމްގެ ބަނދަރުމަތިންނެވެ.
އޭނާ ވިދާޅުވީ ނާއިޒް އަކީ ސްކޫލްގެ ގަޑިތަކަށް ވެސް ފަރުވާ ކުޑަ މީހެއް ކަމަށެވެ. ދަރިވަރުންނަށް ނަގައިދޭން ޖެހޭ ފިލާވަޅުތައް ނަގަން ސްކޫލަށް ހާޒިރުނުވާ މައްސަލަ ބެލެނިވެރިން މީގެ ކުރިން ވެސް ސޫކޫލަށާއި ކައުންސިލާ ހަމައަށް ވެސް ގެނެސްފައިވާ ކަމަށެވެ.
"އޭނާ އާ ބެހޭގޮތުން ބައިވަރު ޝަކުވާތައް ސްކޫލަށް ވެސް އޮތީ ހުށަހަޅާފަ އެކަމަކު މިހާތަނަށް އެއް ވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ. އެންމެ ފަހުން އިއްޔެ މަސްތުވާތަކެއްޗާ އެކު ހައްުުޔަރު ކުރީ،" ޔޫސުފް ވިދާޅުވި އެވެ.
އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ މަސްތުވާތަކެތި ވިއްކުމުގައި ނާއިޒު އުޅޭ ކަމުގެ އަޑުތައް އެ ރަށުގެ ތެރޭގައި ކުރިން ވެސް ދައްކަމުން އަންނަ ކަމަށެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޑްރަގާއެކު ހައްޔަރުކުރި ޓީޗަރު ސަސްޕެންޑް ކޮށްފި
ނޮޅިވަރަންފަރުގައި ފިހުނު ދެމައިންގެ ހާލު ރަނގަޅު
ނޮޅިވަރަމަށް 1.2 ޓަނުގެ ރޯމަސް ހަދިޔާކޮށްފި
ނޮޅިވަރަމުން ގޯތި ދޭން އަލުން ގުރުއަތުލާން އަމުރުކޮށްފި
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ޑްރަގު ވިޔަފާރިގެ ބޮޑުންތަކެއް އައްޑޫން ހައްޔަރުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ޑްރަގުގެ ކުށްތަކުގައި މަރުވަންދެން ޖަލުގައި