މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ހދ. ނޮޅިވަރަމް ސްކޫލްގެ ޓީޗަރު ވަޒީފާއަށް ނުކުތުމާ އެކު އެ ރަށުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އޭނާ ސަސްޕެންޑްކޮށްފި އެވެ.
22 މެއި 2023
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ހދ. ނޮޅިވަރަމް ސްކޫލްގެ ޓީޗަރު ވަޒީފާއަށް ނުކުތުމާ އެކު އެ ރަށުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އޭނާ ސަސްޕެންޑްކޮށްފި އެވެ.
އެ ސްކޫލުގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ނާއިޒް އިބްރާހިމް މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ ކުޅުދުއްފުށިން އައިތަނުން ނޮޅިވަރަމްގެ ބަނދަރުމަތިން މި މަހުގެ ފުރަތަމަ ދުވަހު އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އޭރު އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.
ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދުނާން އަލީ މިރޭ "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީން އޭނާ ސަސްޕެންޑް ކުރި މުއްދަތު ހަމަވުމުން އިއްޔެ ކިޔަވައިދޭން ނުކުތް ކަމަށެވެ.
އެކަމާ ސްކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރުމުން އަނެއްކާވެސް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ.
"މިނިސްޓްރީން ބުނެފައި އިނީ ވަކި ގޮތެއް އަންގަންދެން ގޭގަ މަޑުކޮށްލަން. މުއްދަތެއް ނުދޭ،" އޭނާ ވިދާޅުވި އެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުން މަސްތުވާތަކެތި ވިއްކުމުގައި ނާއިޒު އުޅޭ ކަމުގެ އަޑުތައް އެ ރަށުގެ ތެރޭގައި ކުރިން ވެސް އިވެ އެވެ.
ނާއިޒް އަކީ ސްކޫލްގެ ގަޑިތަކަށް ވެސް ފަރުވާ ކުޑަ މީހެއް ކަމަށާއި ދަރިވަރުންނަށް ނަގައިދޭން ޖެހޭ ފިލާވަޅުތައް ނަގަން ސްކޫލަށް ހާޒިރުނުވާ މައްސަލަ ބެލެނިވެރިން މީގެ ކުރިން ވެސް ސޫކޫލަށާއި ކައުންސިލާ ހަމައަށް ވެސް ގެނެސްފައިވާ ކަމަށް ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.
ޑްރަގާއެކު ހައްޔަރުކުރި ޕްރިންސިޕަލް ސަސްޕެންޑްކޮށްފި
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ޑްރަގު ވިޔަފާރިގެ ބޮޑުންތަކެއް އައްޑޫން ހައްޔަރުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު
ޑްރަގް އޮޕަރޭޝަނުން 180،000 އަށްވުރެ ގިނަ ރުފިޔާ
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
ބޮޑު އޮޕަރޭޝަންގައި އަތުލައިގަތީ 29 ކިލޯގެ ޑްރަގް