މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް އެތަނަށް ވަދެ މަރުތޭލަކުން ތަޅައި އަނިޔާކުރި ފަސް މީހުން ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް އެތަނަށް ވަދެ މަރުތޭލަކުން ތަޅައި އަނިޔާކުރި ފަސް މީހުން ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާއަށް ހަމަލާދިނީ، ޓީވީއެމް ކައިރީގައި ހުންނަ ހަބީބީ ކެފޭ އެންޑް ބިސްޓްރޯގައި އިންނަވަނިކޮށް މިދިޔަ އާދިއްތަދުވަހުގެ ރޭ ފަތިހެވެ. އެ ހަމަލާގައި ބޮލަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުން ޒަރީރު ފަރުވާ ހޯއްދެވި އެވެ.
ޒަރީރު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިން ސަބަބެއް އެނގިވަޑައެއް ނުގަންނަވަ އެވެ. ބަޔަކު ވަދެ އަނިޔާކުރިއިރު އޭނާއެކު އެތަނުގައި އިތުރު ބަޔަކު ވެސް ތިބި ކަމަށް ވިދާޅުވި އެވެ.
"ފަސް ވަރަކަށް މީހުން ވަދެ ތަޅައިގަތީ، އެ މީހުން ސީސީޓީވީން ފުލުހުންނަށް ދެނެގަނެވިއްޖެ،" ޒަރީރު ވިދާޅުވި އެވެ.
އޭނާއަށް ހަމަލާދިނީ މީގެކުރިން އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ އަދި މިހާރު އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރަކަށް ހުންނެވި ބޭފުޅެއް ކަމުގެ މެސެޖްތަކެއް ވަނީ ދައުރުކޮށްފަ އެވެ.
ޒަރީރު ވިދާޅުވީ ހަމަލާއާ ގުޅިގެން އޭނާގެ ނަމުގައި އެސްއެމްއެސްތަކެއް ފޮނުވައިގެން އުޅޭ ކަމަށާއި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެއީ އޭނާ ފޮނުއްވި އެސްއެމްއެސްތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަ މި މައްސަލާގައި މިހާތަނަށް ބަޔަކު ހައްޔަރުކުރި ކަމެއް އާއްމެއް ނުކުރެ އެވެ.
ހަބީބީ ކެފޭއަކީ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަރަށް ގިނައިން ވަޑައިގަންނަވާ ތަނެއް ކަމަށް ވެ އެވެ.
ގައްބަރޭ ބަންދުން ދޫކޮށްލައިފި
ތަހުގީގަށް ގައްބަރޭ 30 ދުވަހަށް ބަންދުކޮށްފި
ގޭގެ ވެރިފަރާތަށް އަނިޔާކުރި 4 މީހުން ހައްޔަރުކޮށްފި
މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ހައްޔަރުކުރި މީހާގެ ކުށުގެ 26 ރެކޯޑު!
މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ރަހީނުކުރި މައްސަލަ: ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި