Roadha Mihaaru

އަނިޔާ ލިބުނު މީހާ ބުނީ އެޕާޓްމަންޓް ކުއްޔަށް ދިނީ ވެސް ބިރު ދެއްކުމުން ކަމަށް

މާލޭގެ ގެއެއްގައި ގްރޫޕަކުން އަނިޔާކުރި މީހާ އޭނާގެ އެޕާޓްމަންޓް ކުއްޔަށް ދޭން އެއްބަސްވުމުގައި ސޮއިކުރީ ވެސް އޭނާ އަށް ބިރު ދައްކައި ގަދަކަމުން ކަމަށް ބުނެފި އެވެ.

"ކުލީގެ އެއްބަސްވުމުގައި ސޮއިކުރުވީ ބިރު ދައްކައިގެން"

މާލޭގެ ގެއެއްގައި ގްރޫޕަކުން އަނިޔާކުރި މީހާ އޭނާގެ އެޕާޓްމަންޓް ކުއްޔަށް ދޭން އެއްބަސްވުމުގައި ސޮއިކުރީ ވެސް އޭނާ އަށް ބިރު ދައްކައި ގަދަކަމުން ކަމަށް ބުނެފި އެވެ.

ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިމީހާއަށް ބިރު ދައްކައި، އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވާއިރު އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކޮށްފައިވަނީ އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ، މުހައްމަދު އަޒާން، 23، ހަވޭލީ، ނ. މަނަދޫ، އިބްރާހިމް އަހުނަފް، 21، އެލަސް، ނ. ވެލިދޫ އަދި މުހައްމަދު އަފްލާހު، 23، ރީތިހިޔާ، އއ. މާޅޮސް އެވެ.

މި ހަތަރު މީހުންގެ ބަންދާ ގޮތެއް ނިންމަން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ.

ކޯޓުގައި އެ މީހުން ބުނި ގޮތުގައި އެ މީހުން ދިޔަ އެޕާޓްމެންޓަކީ އަތޫފް ނަމަކަށް ކިޔާ އެ މީހުންގެ ރައްޓެއްސަކު ކުއްޔަށް ނަގައިގެން އުޅޭ ތަނެކެވެ.

އެ ތަން ކުއްޔަށް ނަގާފައިވާ ކަން ހާމަވާ ލިޔުމެއް އޮތް ކަމަށް އެ މީހުން ބުނި ނަމަވެސް، އެފަދަ ކަމެއް އެނގޭނެ އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

ނަމަވެސް ގޭގެ ވެރިފަރާތާ ހަވާލާދީ ފުލުހުން ކޯޓުގައި ބުނި ގޮތުގައި އެ ތަން ކުއްޔަށް ދީފައިވަނީ އަލީ ޝިމާން ރަޝީދު ކިޔާ މީހަކަށެވެ. އޭނާއަށް އެ ތަން ކުއްޔަށް ދޭން ޖެހުނީ ވެސް ބިރު ދައްކައި، ގަދަކަމުން އެއްބަސްވުމުގައި ސޮއިކުރުވައިގެން ކަމަށް ގޭގެ ވެރިފަރާތުން ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ.

ބިރު ދެއްކި ކަމަށް ތުހުމަތުވާ އެޕާޓްމެންޓްގެ ތެރެއިން ހައްޔަރުކުރި ހަތަރު މީހުން ވެސް ކޯޓުގައި އެ މީހުން އެ އެޕާޓްމެންޓަށް ދިޔައީ ފައިސާ ދީގެން، އެ ތަން ސާފުކޮށްދޭން އަތޫފް އެދުމުން ކަމަށް ވަނީ ބުނެފަ އެވެ.

ހަތަރު މީހުން ވެސް ވަނީ އެ ތަނަށް ގެއްލުންދީ، އަދި ތަޅައިފޮޅައި މާރާމާރީ ހިންގާފައިނުވާނެ ކަމަށް ބުނެފަ އެވެ.

ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އެޕާޓްމެންޓެއްގެ ތެރޭގައި އެ ގޭގެ ވެރިފަރާތުގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އިތުރު މީހަކު އޭނާގެ ގައިގައި ހިފަހައްޓައިގެން ހުރެ އެވެ. ދެން ހުރި މީހާ މަސައްކަތް ކުރަނީ ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާށެވެ. އަދި އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން އެ މީހާގެ ގަޔަށް ޖަހަން ވެސް މަސައްކަތްކުރާ ތަން ވީޑިއޯއިން ފެނެ އެވެ. މިއީ އެ ތަން ކުއްޔަށް ދޭން އެއްބަސްކުރުވުމަށް ނުވަތަ އޭގެ ފަހުން އަނިޔާކުރަމުން ނަގާފައިވާ ވީޑިއޯއެއް ކަން އަދި ސާފެއްނުވެ އެވެ.