Roadha Mihaaru
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި

12 މެއި 2023

މިދިޔަ ހަފުތާ އިން ފެށިގެން އާއިލާ އަށް ގެއްލިފައިވާ ޒުވާނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ހަފުތާ އިން ފެށިގެން އާއިލާ އަށް ގެއްލިފައިވާ ޒުވާނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ޏ. ފުވައްމުލަކު، ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް، 30 ހޯދުމަށްޓަކައި އޭނާގެ ފޮޓޯއެއް ފުލުހުން މިއަދު އާންމުކުރި އެވެ.

ފުލުހުން ބުނިގޮތުގައި ހަސަންގެ ޚަބަރެއް އާއިލާ އަށް އެންމެ ފަހުން ލިބުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ މާލޭގައި ހުރި ކަމަށް އެ ދުވަހު އާއިލާ އަށް ގުޅާފައި ބުނި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ހަސަން ގެއްލުނު ކަމުގެ ރިޕޯޓް ފުލުހުންނަށް އާއިލާ އިން ދިނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުންގެ އިދާރާ އިން ކުރި ޓުވީޓެއްގައި ވެ އެވެ.

"ހަސަން ޖަމީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދެން،" ފުލުހުން ބުންޏެވެ. ވީނުވީއެއް ނޭނގި މީހުން ގެއްލޭ މައްސަލަތައް މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އޭގެ ތެރެއިން ގެއްލޭ ގިނަ މީހުން ފުލުހުން ހޯދަ އެވެ. ފުލުހުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި، މިގޮތަށް އެންމެ ގިނައިން ގެއްލެނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. ނަމަވެސް ގެއްލޭ ސަބަބު ފުލުހުން އޮންނަނީ އަބަދުވެސް ސިއްރު ކޮށްފަ އެވެ.