Roadha Mihaaru
21 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދާތާ ދެ ހަފްތާ!

21 އަހަރުގެ ޒުވާނަކު ގެއްލިގެން އާއިލާ އިން ހޯދާތާ ދެ ހަފުތާ!

17 ސެޕްޓެމްބަރ 2023

މާލެ އިން ޒުވާނަކު ގެއްލިގެން ހޯދަން، ފުލުހުން މިރޭ އިއުލާން ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ އިން ޒުވާނަކު ގެއްލިގެން ހޯދަން، ފުލުހުން މިރޭ އިއުލާން ކޮށްފި އެވެ.

ގެއްލިގެން ހޯދަން އިއުލާނުކުރީ، އއ. މާޅޮސް، ހުސްނޫވިލާ، އަލީ ރިޝާން 21، އެވެ.

ފުލުހުން ބުނީ ރިޝާން ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާށާއި އެންމެ ފަހުން ރިޝާންގެ ޚަބަރެއް ވީ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ރިޝާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުމަށް ފުލުހުން އެދުނެވެ.

މިދިޔަ މަހު ވެސް މާލެ އިން މީހަކު ގެއްލިގެން ހޯދި އެވެ. އޭނާ ފެނުނީ ހޯދަމުންދާތާ ތިން ދުވަސް ފަހުންނެވެ.