ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނަށް ކެމްޕެއިން މެނޭޖަރުން އައްޔަން ކުރައްވައިފި އެވެ.
14 މެއި 2023
ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނަށް ކެމްޕެއިން މެނޭޖަރުން އައްޔަން ކުރައްވައިފި އެވެ.
ގާސިމްގެ ސްޕެޝަލް ޕޮލިޓިކަލް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމަށް ރާއްޖެ ދެބަޔަކަށް ބަހާލައި އުތުރާއި ދެކުނަށް، ކެމްޕެއިން މެނޭޖަރުން ހަމަޖެއްސީ މިއަދު ކަމަށެވެ.
ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވާ ދެ ބޭފުޅުންނަކީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދެވެ. އެއީ އުތުރަށް އަމީން އަދި ދެކުނަށް އިލްހާމެވެ.
މިއަދު ޖޭޕީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހީމް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންފެށުމަށް ރާއްޖެ ދެބައަކަށް ބަހާލައި އުތުރާއި ދެކުނަށް ކެމްޕޭން މެނޭޖަރުން އައްޔަން ކުރައްވާފަ އެގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހީމެއެެވެ. އަދި… pic.twitter.com/xfmlZ6XTro
— Riyaz Rasheed (@riyaz_rasheed) May 14, 2023
އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އިލްހާމް ކުރެއްވި ޓްވީޓެއްގައި ވަނީ ރިޔާސީ ކެމްޕެއިން މެނޭޖަރަކަށް އޭނާ ހަމަޖެއްސެވުމުން ގާސިމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ގާސިމް ވެރިކަމަށް ގެނައުމުގެ ގަދައަޅައި މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ކެމްޕެއިން ފެށުމަށް ތައްޔާރުވެފައިވާއިރު އެ ޕާޓީން އަންނަނީ އިތުރު ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ހަރަކާތާ އެކު ވެސް މި މަޝްވަރާތައް ކުރިއަށް ގެންދެ އެވެ.
އެކަމަކު އިދިކޮޅު ޕީޕީއެމާއި އެމްއެންޕީން ވެސް ބުނެފައި ވަނީ އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރަން ބޭނުންނުވާ ކަމަށެވެ.
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
ގާސިމް ނޫނީ ހައްލު ހޯދޭނެ ކެންޑިޑޭޓަކު ނެތް: އަމީން
ރިޔާސީރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުރީ ގާސިމް އެކަނި
ރައީސް ދޫކޮށް، ގާސިމް ވަކިން ކެމްޕެއިނަށް ތައްޔާރުވަނީ
ގާސިމްގެ ސްޕެޝަލް އެންވޯއިއަކަށް އިލްހާމް
ނަޝީދު، ގާސިމްގެ މަންދޫބު އިލްހާމާ ބައްދަލުކުރައްވައިފި
ޖޭޕީން ރިޔާސީ އިންތިހާބަށް ނުކުންނަނީ؟!
ރައީސް ފަހަތަށް އެރީ ބިރުވެރިކަމަށް ދާން ބޭނުން ނުވާތީ
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް