Roadha Mihaaru
ހަވާ އެރުވުމާއެކު މާދަމާ ރޭ ބޮޑު ހަރަކާތެއް

ފުރަވީރުން: ހަވާ އެރުވުމާ އެކު މާދަމާ ރޭ ހުޅުމާލޭގައި ބޮޑު އިވެންޓެއް!

24 މެއި 2023

ހަވާ އެރުވުމާއި މޫނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާ އެކު "ފުރަވީރުން" ގެ ނަމުގައި މާދަމާ ރޭ ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ހަވާ އެރުވުމާއި މޫނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާ އެކު "ފުރަވީރުން" ގެ ނަމުގައި މާދަމާ ރޭ ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން "ފުރަވީރުން"ގެ ނަމުގައި އެ ހަރަކާތް ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. މި އިވެންޓް އޮންނާނީ މާދަމާ ރޭ 9:00 އިން ފެށިގެން ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ.

"ފުރަވީރުން"ގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި، 25 ވަނަ ދުވަހުގެ ރޭ (މާދަމާ ރޭ) ފުރަވީރުން (ބާރުގަދަ ޒުވާނުން) އެއްވަނީ އެވެ. ހުރިހާ ޒުވާނުންގެ އެއްވުމަށް "މަވެސް ދާނަން" ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އިވެންޓުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް 5،000ރ. ގެ ފައިސާގެ އިނާމަކާ އެކު ހާއްސަ ޗެލެންޖެއް ދޫކޮށްލި އެވެ. އެ ޗެލެންޖަކީ "ފުރަވީރުން" ގެ ލޯގޯގައި ފެންނަ އަތަކީ ކާކުގެ އަތެއްކަން ދިމާކުރުމެވެ.

ޖަވާބު ދިމާކޮށްގެން އިނާމު ލިބޭ ނަސީބުވެރިޔާ އިއުލާންކުރާނީ މާދަމާ ރޭގެ އިވެންޓުގައި ކަމަށް އެ ހަރަކާތުން ބުންޏެވެ.

އެ އިވެންޓުގައި ރާއްޖޭގެ ފުޓުބޯޅަ ފްރީސްޓައިލް ކިންގް، ސައިފް ޒާހިރު (ސުޕަމޭން)ގެ ފުޓުބޯޅައިގެ ޗަރުކޭސް އޮންނާނެ އެވެ. ބޮޑުބެރާއި ލައިވް މިއުޒިކާއި އަލިފާނުގެ ހުނަރު ދައްކާލަދޭ "ފަޔާ ޑާންސް" އާއި ސްޓޭޖް ޝޯއެއް ވެސް އޮންނާނެ އެވެ. އަދި އިވެންޓުގެ ތެރެއިން ވަރަށް ބައިވަރު "ސަޕްރައިޒްތައް" ވެސް އޮންނާނެ އެވެ.