ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރި އެކްސްކަވޭޓަރެއް ފުރޮޅާލައި މިއަދު ބިދޭސީއަކު މަރުވެއްޖެ އެވެ.
25 މެއި 2023
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރި އެކްސްކަވޭޓަރެއް ފުރޮޅާލައި މިއަދު ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެއާޕޯޓުގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރާ އެކްސްކަވޭޓަރެއް ފުރޮޅާލައި އަނިޔާވި މީހަކު އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމުގެ ރިޕޯޓެއް މިއަދުގެ ހެނދުނު 9:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި މަރުވީ އެކްސްކަވޭޓަރު ދުއްވި އިންޑިއާގެ ޑްރައިވަރެވެ. މާފަރު ކައުންސިލުން ބުނީ 35 އަހަރުގެ ފިރިހެން މީހާ މަރުވީ ރަންވޭ ކައިރިން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
ސަރުކާރުން ވަނީ މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލުމުގައި އިހުމާލުތައް ގިނަ
ގެއެއްގެ ވައިގޮޅިއަށް "ވެއްޓުނު" މީހަކު މަރުވެއްޖެ
"ދެ މީހަކު މަރުވި ހާދިސާގެ ތަހުގީގު ފަށައިފިން"
ކޮޅުވެއްޓި ބަންޑުންޖަހާލުން: ދިވެހި މީހާ ނިޔާވެެއްޖެ
އިންޓަގެ ކީޕަރުގެ ކާރުންޖެހި 81 އަހަރުގެ މީހަކު މަރު
ކައްދޫ އެކްސިޑެންޓްގެ ތަހުގީގު ނިންމައި ޕީޖީއަށް
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
ދަރިފުޅު ވަކިވުމުން އަޝްފާގެ އަސަރުގަދަ މެސެޖެއް
އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ