މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވިޔަފާރި ބަނދަރު ކައިރިން އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ދެ މީހަކު މަރުވި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި އެވެ.
03 ނޮވެމްބަރ 2025
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވިޔަފާރި ބަނދަރު ކައިރިން އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ދެ މީހަކު މަރުވި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި އެވެ.
އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، ކަމާގުޅޭ ޑިޕާޓްމަންޓުތަކުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ތަހުގީގުން ހާމަވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު އާއްމު ކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އިއްޔެގެ ހަވީރު ހިނގި ހާދިސާގައި އެންމެ ފުރަތަމަ ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއްގެ ގޮތުގައި މަސަައްކަތްކުރާ ބަންގްލަދޭޝްގެ މަސޫދު ހޮސެއިނެވެ. އެ ކުންފުންޏާ އޭނާ ގުޅުނީ މީގެ ތިން އަހަރު ކުރިންނެވެ.
އެ ހާދިސާގައި އަނިޔާވި ދެވަނަ މީހާ ކަމަށްވާ ގއ. ގެމަނަފުށީ ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު އެވެ.
އެ އާއިލާގެ މީހަކު ބުނެފައިވަނީ އެ ހާދިސާގައި އަފްލާހުގެ "ފޫޅުން ތިރި އެއްކޮށް އޮތީ ޗިސްވެފައި" ކަމަށާއި އައިޖީއެމްއެޗަށް ގެންދިޔަ އިރުން ފެށިގެން އޮޕަރޭޝަން ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް ހާލު ސީރިއަސްވެގެން ރޭ ދަންވަރު ހިތް ހުއްޓިގެން މަރުވީ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ ހާދިސާގެ މައުލޫމާތު އެނގޭ މީހުން ކިޔައިދިން ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލީ އެ އުޅަަނދަށް އަރުވާފައި ހުރި ބޮޑު ދެ ހައިމާކެއްގެ ބެލެންސް ގެއްލިގެންނެވެ.
"އެވަގުތު ހައިމާކުގެ ބެލެންސް ރަނގަޅު ކުރަން އެ އަށް އެރި މީހާ ހިފާލި ވަގުތު ހައިމާކް އަރިއަޅާލައިގެން ކޮޅުވެއްޓި ބަންޑުން ޖަހާލީ. އޭރު އަފްލާހު ތާށިވީ ކޮޅުވެއްޓި އާއި ހައިމާކާ ދޭތެރޭގައި،" އޭނާ ކިޔައިދިނެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލުމުގައި އިހުމާލުތައް ގިނަ
ކޮޅުވެއްޓި ބަންޑުންޖަހާލުން: ދިވެހި މީހާ ނިޔާވެެއްޖެ
ކޮޅުވެއްޓި، ޓަގް، ބާޖުގެ ކެޕްޓަނުން ޝަރުތު ހަމަނުވޭ!
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ
ސިހުން ގެނުވި މަރުތަކުގެ 24 ގަޑިއިރު
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ލޯންޗު އެކްސިޑެންޓުގައި ނިޔާވީ ވިޔަފާރިވެރިޔާ ސައުދުﷲ
ޝާފިއު އާއި މިސްބާހު ދަތުރުކުރީ ކައިވެންޏަކަށް ދާން
ކާޕެޓް ރޯލް ދަށުވި ޒުވާނާ އިންޑިއާގައި މަރުވެއްޖެ
އެމްޕީއެލް އެކްސިޑެންޓް: އާސިމަކީ މުޅި އާއިލާގެ ތަނބު