Roadha Mihaaru
36 ޓީމުގެ ތެރެއިން ގަދަ 8 ގެ ކުޅުން މިއަދު ފަށަނީ

36 ޓީމުގެ ތެރެއިން ގަދަ 8 ގެ ކުޅުން މިއަދު ފަށަނީ

04 ޖޫން 2023

މިހާރު ކުރިއަށްދާ އެފްއޭއެމް އިންޓަ ސްކޫލް 13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ކުޅުން މިއަދު ފަށަން ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިހާރު ކުރިއަށްދާ އެފްއޭއެމް އިންޓަ ސްކޫލް 13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ކުޅުން މިއަދު ފަށަން ތައްޔާރު ވެއްޖެ އެވެ.

މުޅި އެކު 36 ސްކޫލަކުން ވާދަކުރި މި މުބާރާތް ކުރިއަށް ދިޔައީ، ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭހެން ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. ކުއާޓާ ފައިނަލަށް ހޮވުނީ ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދި ޓީމުތަކާއި، ދެވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެވެ.

ޖަމާލުއްދީން ސްކޫލުން ވަނީ ގުރޫޕް އޭ ގައި އިސްކަންދަރު ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އަދި އަމީނިއްޔާ ސްކޫލާ ދެކޮޅަށް ކުޅުނު މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

ގުރޫޕް ބީގައި ހުރަވީ ސްކޫލާއި ގާޒީ ސްކޫލް އަދި ކާމިލް ދީދީ ސްކޫލް ވެސް ބަލިކޮށް އެއްވަނަ ހޯދީ ކަލާފާނު ސްކޫލެވެ.

ގުރޫޕް ސީ ގައި މާފުށީ ސްކޫލާއި އިމާދުއްދީން ސްކޫލުން ވެސް ދެ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓުގެ ގޮތުން އެއްވަރު ވިއިރު، މާފުށި ސްކޫލަށް އެއްވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި ގުރޫޕްގައި ދެން ހިމެނުނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލެވެ.

ގުރޫޕް ޑީ އިން މަޖީދިއްޔާ ސްކޫލް ވެސް ވަނީ ގުޅީ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ރެހެންދި ސްކޫލް ބަލިކޮށް އެއްވަނަ ހޯދައިފަ އެވެ. އަދި މުހުޔިއްދީން ސްކޫލުން ވަނީ ގުރޫޕް އީގައި ކުޅުނު ގިޔާސުއްދީން ސްކޫލާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށް އެއްވަނަ ހޯދައިފަ އެވެ.

ގުރޫޕް އެފްގެ އެއްވަނަ ހޯދީ ގުރައިދޫ ސްކޫލެވެ. ގުރައިދޫ ސްކޫލުން ވަނީ ހުރާ ސްކޫލާއި އަރަބިއްޔާ ސްކޫލް އަދި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް ބަލިކޮށްފަ އެވެ.

ގުރޫޕްގެ ދެވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމުތަކުގެ ގޮތުގައި ކުއާޓާ އިން ޖާގަ ހޯދީ ގުރޫޕް އޭގައި ކުޅުނު އިސްކަންދަރާއި ގުރޫޕް އީގެ އަހުމަދިއްޔާ އެވެ.

ކުއާޓާ ފައިނަލްގެ ޝެޑިއުލް:

◂ ޖޫން 4 - 15:30 : އިސްކަންދަރު ސްކޫލް - ކަލާފާނު ސްކޫލް

◂ ޖޫން 4 - 17:00 : މަޖީދިއްޔާ ސްކޫލް - މުހްޔިއްދީން ސްކޫލް

◂ ޖޫން 5 - 15:30 : ގުރައިދޫ ސްކޫލް - މާފުށި ސްކޫލް

◂ ޖޫން 5 - 17:00 : އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް - ޖަމާލުއްދީން ސްކޫލް