Roadha Mihaaru
"އިގްތިސާދީ ކަންކަން ކުރާނީ ތިމާވެއްޓަށް ބަލައިގެން"

އިގްތިސާދީ މަސައްކަތް ކުރާނީ ތިމާވެށި ހިމާޔަތް ކުރެވޭ ގޮތަށް: ރައީސް

05 ޖޫން 2023

ރައްޖޭގެ އިގުތިސާދާއި އިޖުތިމާއީ ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެށި ހިޔާމަތް ކުރެވޭ ގޮތަށް ކުރާ ކަންކަމަށް ވާން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޖޭގެ އިގުތިސާދާއި އިޖުތިމާއީ ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެށި ހިޔާމަތް ކުރެވޭ ގޮތަށް ކުރާ ކަންކަމަށް ވާން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމަށް އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެށި ހިމާޔަތް ރައްކާތެރިކޮށްދީ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ އަސާސީ ވާޖިބެއް ކަމަށެވެ.

ރާއްޖެ އަށް ގުދުރަތީ ރީތި ކަމެއް ލިބިފައިވީ ނަމަވެސް ދުނިޔެ އަށް ވަމުން އަންނަ ގޮތަށް ވިސްނަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ވެސް އަންނަ ބަދަލުތައް ދެނެގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިގުތިސާދީ ނުވަތަ އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތް ކުރެވޭ ގޮތަށް އަދި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންކަމަށް ވާން ޖެހޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ކަމަކީ ކުނީގެ މައްސަލަ އެވެ. ކުނި އުފެދޭ އަދަދު އިންތިހާ އަށް އިތުރުވެ، ކުނީގެ ބާވަތްތައް ވެސް ބަދަލުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ތިމާވެށީގެ ދުވަސް ފާޙަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް އާއި ސަރުކާރުގެ އިސް ބޭފުޅުން--ފޮޓޯ: ރައީސް އޮފީސް

ތިމާވެށީގެ ދުވަސް ފާޙަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް އާއި ސަރުކާރުގެ އިސް ބޭފުޅުން--ފޮޓޯ: ރައީސް އޮފީސް

އެކަން ހައްލު ކުރުމަށްޓަކައި މިހާރު ރާއްޖެއިން 13 ބާވަތެއްގެ ސިންގަލް ޔޫޒް ޕްލާސްޓިން ބޭނުން ކުރުން މަނާ ކޮށްފައިވާ ކަމަށާއި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް ވެސް 50 ޕަސެންޓު މަދު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބިނާވެފައިވާ އިރު މި ސަރުކާރުން އެންމެ ފުރަތަމަ ހިމާޔަތް ކުރި ކަނޑުގެ ސަރަހައްދުތަކަކީ ވެސް މުހިންމު ޑައިވް ޕޮއިންޓްތަކެއް ކަމަށާއި ކަނޑުގެ މާހައުލާ ގުޅޭ ނިޒާމުތަކަށް ދިމާވާ ނުރައްކާތައް ކުޑަކޮށް އެ ނިޒާމް އިއާދަ ކުރުން ވެސް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ނާޒުކު ނިޒާމު ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތަކީ ދިވެހި ރައްޔިތުންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އިގްތިސާދީ ނުވަތަ އިޖްތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތް ކުރެވޭ ގޮތަށް އަދި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންކަމަށް ވާން ޖެހޭ -- ރައީސް

ރައީސް ވަނީ ރާއްޖޭގައި އަވިން ހަކަތަ އުފެއްދުމަށް ކޮށްފައިވާ މަސައްކަތުގެ ތަފާސްހިސާބުތަކެއް ވިދާޅުވެފަ އެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަވިން ހަކަތަ އުފައްދާ 36 މެގަވޯޓްގެ އިތުރު ކުރެވިފައިވާ ކަމަށާއި އެއީ ޑީސަލުން 17 މިލިއަން ލީޓަރު މަދުކޮށް، ޑީސަލް އަށް ކުރާ ހަރަދުން 270 މިލިއަން ރުފިޔާ ސަލާމަތް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ޖައްވަށް ބޭރު ކުރާ ކާބޮންޑައި އޮކްސައިޑުން 42،000 ޓަނު މަދު ކުރުވުން ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އިތުރު 113 ރަށެއްގައި 68 މެގަވޯޓްގެ އަވިން ކަރަންޓު އުފައްދާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން ބަޖެޓުން 908 ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެ އަށް ގެނެވޭ ތަރައްގީއަކީ ވެށީގެ މުސްހަނދިކަމާއި ރީތިކަން ބޭނުންކޮށްގެން އެއާ އެކުއެކީގައި ކުރިޔަށް ގެންދެވޭ އެއްޗަކަށް ހެދުން،" ރައީސް ވިދާޅުވި އެވެ.