ޔޫކްރޭންގެ އިރުމަތީގައި އޮންނަ ބިޔަ ޑޭމް ނޯވާ ކަޚޯވްކާ ގޮއްވައިލުމާ ގުޅިގެން މުޅި ސަރަހައްދަށް ފެންގަނޑު ފެތުރެމުން ދާތީ، ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބައެއްގެ ފުރާނައަށް ނުރައްކާ ވެއްޖެ އެވެ.
ޔޫކްރޭންގެ އިރުމަތީގައި އޮންނަ ބިޔަ ޑޭމް ނޯވާ ކަޚޯވްކާ ގޮއްވައިލުމާ ގުޅިގެން މުޅި ސަރަހައްދަށް ފެންގަނޑު ފެތުރެމުން ދާތީ، ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބައެއްގެ ފުރާނައަށް ނުރައްކާ ވެއްޖެ އެވެ.
އަންގާރަ ވިލޭރޭ ދަންވަރު މި ޑޭމް ގޮއްވައިލި ބައެއް މުޅިން ކަށަވަރު ނުވާއިރު، ޔޫކްރޭނާއި ރަޝިޔާ އިން ދަނީ އެއް ގައުމުން އަނެއް ގައުމުގައި އެ ތުހުމަތު އަޅުވަމުންނެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ބަޔަކު ޑޭމް ގޮއްވައިނުލިޔަސް، އެއީ އެ ޑޭމް އެކަށީގެންވާ ގޮތެއްގައި މަރާމާތުނުކޮށް ގިނަދުވަސްވެފައިވާތީ ދިމާވި ހާދިސާއަކަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
ޑޭމްގެ ގޮއްވައިލުމުން ކޯރުގެ ފެންގަނޑު ފުރި ބަންޑުންވަމުން ދާތީ، ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު މިހާރު ދަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވަމުންނެވެ. ކުރިއަށް އޮތީ ވެސް ވިއްސާރަ ދުވަސްތަކެއް ކަމަށްވުމުން، ކޯރުގެ ފެންގަނޑު އިތުރަށް ބޮޑުވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ޔޫކްރެއިންގެ ޑޭމް އެއް ހަލާކުވެ، ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ
ޔޫކްރޭނަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ބިނާކޮށްފައި ހުރި މި ބިޔަ ޑޭމް ހުންނަ ސަރަހައްދު މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގަ އެވެ. ރަޝިޔާ ސިފައިން އެ ސަރަހައްދު ހިފާފައިވަނީ، ފެބްރުއަރީ 24، 2022 އިން ފެށިގެން ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމައިގަ އެވެ.
އެ ޑޭމް ހަދާފައި ހުރީ ޑެނިޕްރޯ ކޯރުގެ ފެންގަނޑު ކޮންޓްރޯލްކޮށްގެން އުފެދޭ އޮއިވަރުގެ ބާރުގައި ކަރަންޓު އުފެއްދުމަށް ކަމަށްވާތީ، ޑޭމް ގޮއްވައިލުމާ ގުޅިގެން މުޅި ސަރަހައްދަށް މިހާރު ވަނީ ކޯރުގެ ފެންގަނޑު ފެތުރެން ފަށައިފަ އެވެ. ޑޭމްގެ ވަށައިގެންވާ ބައެއް ސަރަހައްދުތަކުގައި މިހާރު ހުރީ މީހުންގެ އިސްކޮޅަށް ވުރެ މައްޗަށް ފެންގަނޑު ބޮޑުވެފަ އެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި އެ ޑޭމް ގޮއްވައިލީ ރަޝިޔާގެ ޓެރަރިސްޓުންނެވެ. އެފަދަ އަމަލުތައް ކިތަންމެ ވަރަކަށް ހިންގިޔަސް، ޔޫކްރޭންގެ ބިންތައް ފޭރިގަނެގެން ތިބި ރަޝިޔާގެ ހުރިހާ ސިފައިންވެސް އެއްވެސް އިސްތިސްނާއެއް ނެތި އެ ބިންތަކުން ބޭރުކުރާނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ޔޫކްރެއިންގެ ޑޭމް އެއް ހަލާކުވެ، ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ
"ފެނުން ވިޔަސް ނުވަތަ މިސައިލާއި އެހެން އެއްޗަކުން ވިޔަސް ޔޫކްރޭން ހުއްޓުވުމަކީ ޓެރަރިސްޓުންނަށް ކުރެވޭނެ ކަމެއް ނޫން. ޔޫކްރޭން ބިމުން އެންމެ މީޓަރެއް ވެސް ރަޝިޔާއަކަށް ނުލިބޭނެ،" ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވި ގޮތުގައި ޑޭމް ގޮއްވައިލުމަކީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ މިސްރާބު ބަދަލުކޮށްލައި، ޔޫކްރޭންގެ ސިފައިން އަލުން އެއްތަން ކުރުމަށް ވަގުތުގެ ބޭނުންހިފުމަށް ޔޫކްރޭނުން ޖެހި މަޅިއެކެވެ.
ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި އެއީ ޔޫކްރޭނުން ގަސްދުގައި ކުރި ކަމެކެވެ. އަދި މިއީ މިދިޔަ ހަފުތާގައި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން ދޭން އުޅުނު ހަމަލާތައް ނާކާމިޔާބުކޮށްލުމުން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔޫކްރޭނުން ހިންގި ފިނޑި އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ
ހަނގުރާމަ މިހާރު އެ ވަންނަނީ ރަޝިޔާއަށް: ޒެލެންސްކީ
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި
ފްރާންސުން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ދެނީ
ކްރެމްލިން ހަމަލާ: ޔޫކްރޭނުން ކުރި ކަމެއް ނޫން
ރަޝިޔާގައި މިސައިލް އުފެއްދުން ދެގުނަ އިތުރުކުރަނީ
ޔޫކްރޭން ދުވަހަކުވެސް އަމާނެއް ނުދޭނެ: ޒެލެންސްކީ
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި