09 ޖޫން 2023
ކެންސަރުގައި ނިޔާވި އަހުމަދު އަލީމްގެ ހަނދާނުގައި އޮސްޓްރޭލިއާގައި ބިނާކުރާ މިސްކިތަށް އެއް ދުވަހުން ދެ މިލިއަނެއްހާ ރުފިޔާ ލިބިއްޖެ އެވެ.
ކެންސަރުގައި ނިޔާވި އަހުމަދު އަލީމްގެ ހަނދާނުގައި އޮސްޓްރޭލިއާގައި ބިނާކުރާ މިސްކިތަށް އެއް ދުވަހުން ދެ މިލިއަނެއްހާ ރުފިޔާ ލިބިއްޖެ އެވެ.
އޭނާގެ އަންހެނުން، ނަބީލާ ޝިހާބު ބުނީ ބައިލް ޑަކްޓް ކެންސަރުގައި މިދިޔަ އަހަރުގެ އޭޕްރީލް 15 ގައި ނިޔާވި އަލީމްގެ ހަނދާނުގައި "އަލީމް ފައުންޑޭޝަން" އުފައްދައި ފުރަތަމަ ޓާގެޓް ކުރީ ތިން އަހަރުގެ ތެރޭގައި 30 މިލިއަން ރުފިޔާ ހޯދައި މިސްކިތަކާއި ހިނަވާގެއެއް އަދި އެ ތަނުގައި ފަގީރުންނަށް ކާންދިނުމަށް ސޫޕް ކިޗަންނެއް ހެދުމަށް ކަމަށެވެ.
ނަމަވެސް، ގިނަ ބައެއްގެ އެހީގައި، އެ ދެމަފިރިން ދިރިއުޅުން ބިނާކުރި އޮސްޓްރޭލިއާގެ ޕާތުގައި އެއަށްވުރެ އަވަހަށް އެ ހުވަފެން ހަގީގަތަކަށް ވުމުގެ މަގު ވަނީ ފަހިވެފަ އެވެ.
ނަބީލާ ބުނީ ޕާތުގައި ހިންގާ ދާރުލް ތައުހީދު ޔޫތު ސެންޓަރާ ގުޅިގެން މިދިޔަ މަހުގެ 27 ގައި ބޭއްވި ފަންޑް ރައިޒިން ޑިނާ ނައިޓުން އެކަނި ވެސް 202,710 އޮސްޓްރޭލިއާ ޑޮލަރު (2.1 މިލިއަން ރުފިޔާ) ލިބުނު ކަމަށެވެ. އެ މަސައްކަތާއެކު، އެލެންބްރޫކް ހިސާބުން މިސްކިތެއް ބިނާކުރަން ބިމެއް ގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް، ޕާތުގައި ނަރުހަކަށް މަސައްކަތްކުރާ ނަބީލާ ބުންޏެވެ.
މާ ބޮޑު މަރާމާތެއް ކޮށްފައި ނެތް ނަމަވެސް، ދާރުލް ތައުހީދުން ކުއްޔަށް ހިފާފައިވާ އެ އިމާރާތުގައި މިހާރު ވެސް ނަމާދުކުރެ އެވެ. އެ ތަނުގައި މިހާރު ވެސް ކުޑަ ބަދިގެއަކާއި ދެ ފާހަނާ އެބަހުއްޓެވެ. އެހެންވެ، ފަސޭހައިން އެ އިމާރާތް ބަދަލުތައް ގެނެސް އަވަހަށް ބޭނުންކުރަން ފެށޭނެ ކަމަށް ނަބީލާ ގަބޫލުކުރެ އެވެ.
އަލީމް ފައުންޑޭޝަނުން ގަންނަން މަސައްކަތްކުރާ އިމާރާތުގައި، އަލީމްގެ ދޮށީ ދަރިފުޅު ނަމާދު ކުރަނީ.
"މި އިމާރާތަށް މިހާރު ވަނީ ޕްރޮޕޯޒަލް ހުށަހަޅާފައި. އެ ޕްރޮޕޯޒަލްގެ އަގަކީ 5.8 މިލިއަން ރުފިޔާ. މި ވަގުތު ކުރިއަށްދާ ފަންޑްރައިޒިން ހަރަކާތާއި 500 ޑޮނާސް 500 ރުފިޔާ ހަރަކާތުން 42،000 އަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ. އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް މި ހަރަކާތް ކުރިއަށްގެންދަނީ 250،000ރ. އަށް ޓާގެޓްކޮށްގެން." އޭނާ ބުންޏެވެ.
"ޕާތުގައި އޮންނަ 'ކޮންޓެއިނާސް ފޯ ޗޭންގު' ކިޔާ ޕްރޮގްރާމެއްގެ ދަށުން ވެސް ހުސް ފުޅި ރިސައިކަލްކޮށްގެން ވެސް ފަންޑު ރައިޒްކުރަން. ކޮންމެ ހުސް ފުޅިއަކީ 0.10 ޑޮލަރު. މި ޕްރޮގްރާމްގެ ދަށުން 1000 އަށްވުރެ ގިނަ ފުޅި ރިސައިކަލް ކުރެވިއްޖެ."
ނަބީލާ ބުނީ މިހާރު ޕްރޮޕޯޒަލް ހުށަހަޅާފައިވާ އިމާރާތް ކާމިޔާބުވެއްޖެމަ މިސްކިތެއްގެ ގޮތުގައި އެ ތަން ބަދަލުކުރެވޭނެ ކަމަށެވެ. އޭރުން އެތަނުގައި އެއްފަހަރާ 400 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
"އުއްމީދަކީ ދެ ވަނަ ފަންގި ފިލައިގެ ސަބަބުން ނަމާދު ކުރާނެ ޖާގަ ބޮޑުވެ، ތަނަވަސްވުން." ނަބީލާ ބުންޏެވެ.
އަލީމް ފައުންޑޭޝަންގެ ފުރަތަމަ ފިޔަވަހީގައި، 400 އެއްހާ މީހުންނަށް ނަމާދު ކުރެވޭ އިމާރާތެއް ގަތް ނަމަވެސް، އެ ފައުންޑޭޝަންގެ ދެ ވަނަ ފިޔަވަހީގެ ޕްލޭނަކީ ބޮޑު ބިމެއް ގަނެ، މިސްކިތް ބިނާކުރުމެވެ. އޭގެ ސަބަބަކީ ވެސް، ޕާތުގައި އެއް ދުވަހުން އަނެއް ދުވަހަށް މުސްލިމުންގެ އަދަދު އިތުރުވަމުން ދިއުންކަން އޭނާ ފާހަގަކުރި އެވެ.
"މުސްލިމުން ފަރުޟު ނަމާދޮށް ދީނީ ތައުލީމް އުނގެނޭ އިމާރާތެެއް ވީހާ ވެސް އަވަހަކަށް ބިނާކުރުމަކީ އަޅުގަނޑުމެންގެ އުއްމީދު."
ފުލުހުންގެ ހިދުމަތުގައި 17 އަހަރު އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑަކަށް މަސައްކަތްކުރުމަށް ފަހު އަލީމް, 45, އޮސްޓްރޭލިއާއަށް ބަދަލުވީ މީގެ 12 ވަރަކަށް އަހަރު ކުރިން މަތީ ތައުލީމް ހާސިލްކުރުމަށެވެ. އެއަށްފަހު, ނަބީލާއާ ބައްދަލުވެ މީގެ 10 އަހަރުކުރިން ކުރި ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ.
ނަބީލާ "މިހާރު" އަށް ކުރިން ބުނީ އަލީމަށް ބައިލް ޑަކްޓް ކެންސަރު ޖެހިފައިވާކަން ޖެނުއަރީ 14. 2022 ގައި އެނގުމާ ހަމައަށް ވެސް އޭނާގެ ސިއްހީ މައްސަލައެއް ނެތް ކަމަށެވެ. އުޅެމުން ދިޔައީ ވަރަށް ހަރަކާތްތެރި ދިރިއުޅުމެއްކަން ފާހަގަކުރި އެވެ. "ކެންސަރު ޖެހިފައި ހުރިކަން އެނގުނުއިރު ހުރީ ސްޓޭޖް ހަތަރެއް ވެސް ފަހަނަ އަޅާފައި އަސްލު. އެ ސްޓޭޖްގައި ވެސް ކޮންމެ ވެސް ވަރަކަށް ޓްރީޓްކުރެވޭނެ. އެކަމަކު އަލީމް ދުނިޔޭގައި ހުންނާނެ ކަމަށް ދިނީ 4-18 މަސް ދުވަހުގެ މުއްދަތެއް. އެންމެ ފުރަތަމަ ދެއްކި ކެންސަރު ޑޮކްޓަރު ވިދާޅުވީ އެ ކެންސަރަށް ފަރުވާ ނުދެވޭނެ ކަމަށް،" ނަބީލާ ބުންޏެވެ.
ކެންސަރުގައި ނިއާވި ފިރިމީހާގެ ހަނދާނަށް މިސްކިތެއް
ހިތަދޫ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް
އަނބިމީހާ ހަނދާނުގައި ރަށު ސްކޫލްގައި މިސްކިތެއް
ސަހަރާ ނިންމަން އެހީވި މީހުންނަށް ރައީސްގެ ޝުކުރު
ގައުމީ ތަރައްގީގެ ޕްލޭނަށް އޮސްޓްރޭލިއާގެ އެހީ ހޯދަނީ
ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީއެއް ހަދަނީ
އާސަހަރާގެ މިސްކިތުގެ އެއް ބައި ހުޅުވައިފި
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
އީދު މިސްކިތުން އަނެއްކާވެސް ވައްކަންކޮށްފި
ރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން ބަދަހިކުރަން ޖަމިއްޔާއެއް