ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ "ފުޑް ކާނިވަލް" ގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ "ފުޑް ކާނިވަލް" ގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
އަންނަ ހަފުތާގައި ބާއްވާ ފުޑް ކާނިވަލަކީ ތަފާތު ކާބޯތަކެއްޗާއި ކަލިނަރީ އުފެއްދުންތައް ދައްކާލުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މިއުޒިކާ އެކު ބާއްވާ ފަސް ދުވަހުގެ ކާނިވަލެކެވެ.
ހުޅުމާލެ ސެންޓްރަލް ޕާކްގަައި ބާއްވާ ކާނިވަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި "ބިރުވެރި ހޮހަޅަ"، ތަފާތު ދިވެހި ފަންނާނުނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއް އަދި ކަލިނަރީ މުބާރަތްތަކެއް ހިމެނެ އެވެ.
މި ކާނިވަލުގައި ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ ޕްރޮޑަކްޓްތައް ދައްކާލުމުގެ އިތުރުން ވިއްކުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ކާނިވާ ތެރޭގައި އާޓިސަން މާކެޓް، ފުޑް ސްޓްރީޓް، ޓީ އެންޑް ކޮފީ ފެސްޓިވަލް އަދި ޓޭސްޓް ދަ ވޯލްޑް އަށް ބަހާލައިގެން ސްޓޯލްތައް ހުންނާނެ އެވެ.
ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ މި ހަރަކާތުގައި ބައިވެރިވެ މުޅިން ތަފާތު ހަރަކާތެއް ގެނެސްދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"ދިވެހި އަދި ބޭރުގެ ތަފާތު ފަރާތްތަކުގެ ކާބޯތަކެތި ދިރާގު ފުޑް ސްޓްރީޓް އަދި އެހެނިހެން ސްޓޯލްތަކުން ވެސް ލިބިވަޑައިގަންނަވާނެ. އެހެންކަމުން ހުރިހާ ބޭފުޅުން ވެސް 20 ން 24 ޖޫންގައި ހުޅުމާލެ ސެންޓްރަލް ޕާކަށް ޒިޔާރަތްކޮށްލައްވާ،" އޭނާ ވިދާޅުވި އެވެ.
ލީން ސްޓާޓްއަޕް މޯލްޑިވްސްގައި ބައިވެރިވާން ހުޅުވާލައިފި
"ޓެކް ސްޓާސް ސްޓާޓަޕް ވީކެންޑް" އަންނަ ހަފުތާގައި
އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ
ދެ ލޯންޗު ހޯދުން ދެ ގުނަކޮށްދޭ އޮފާ ހަމަވަނީ
ޑީޖީޖީ އާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ދިރާގު ޕޭ ކަސްޓަމަރުންނަށް މާދަމާ 1ރ. އަށް ކޮފީއެއް
އެމްއެލްބީބީ މިނީ ސީރީޒަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު
ދިރާގަށް "ގްރޭޓް ޕްލޭސް ޓު ވޯކް" ގެ ސެޓިފިކޭޝަން
ދިރާގު ރޯޑްރޭހުން ޖަމިއްޔާތަކަށް ހަ ލައްކަ ރުފިޔާ