ދިރާގާއި ސްޕާކް ހަބް ގުޅިގެން ބާއްވާ ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
08 ޖުލައި 2023
ދިރާގާއި ސްޕާކް ހަބް ގުޅިގެން ބާއްވާ ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ލީން ސްޓާޓް އަޕް މޯލްޑިވްސް އަކީ ވިޔަފާރިތައް ފެށުމާއި ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އަހުލުވެރިކޮށް ތަމްރީނުތައް ދިނުމަށް ބާއްވާ ކޭމްޕެކެވެ. ދިރާގުން ބުނި ގޮތުގައި މި ކޭމްޕަކީ އުއްމީދީ ވިޔަފާރިވެރިންނާއި އިނޮވޭޓަރުންނަށް ސްޓާޓްއަޕްތައް ބިނާކޮށް، އިނޮވޭޝަން ހިންގުމަށް ބޭނުންވާ އިލްމާއި ވަސީލަތްތަކާއި ވިސްނުމަށް އަހުލުވެރިކުރުމަށް ފަރުމާކޮށްފައިވާ އިންޓެންސިވް ސްޓާރޓްއަޕް ބޫޓް ކޭމްޕެކެވެ.
މި ކޭމްޕު ކުރިއަށް ދާނީ މި މަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުން ބުނީ އެ ކޭމްޕުގައި ލީން ސްޓާޓްއަޕް ކެންވަސް ބޭނުންކޮށްގެން ވިޔަފާރީގެ ހިޔާލުތައް ތަރައްގީކޮށް އިތުރަށް ފުރިހަމަ ކުރުމަށް އަމަލީ ހަރަކާތްތަކާއި ގްރޫޕް ހަރަކާތްތަކާއި ތަޖުރިބާކާރުންގެ ސެޝަންތައް ކުރިއަށް ދާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމަށްޓަކައި އެނގެން ޖެހޭ އަސާސީ ކަންތައްތަކާއި ކަސްޓަމަރުން ދެނެގަނެ، ހޯދުމުގެ މަރުހަލާއާ ބެހޭ އެކި ވަސީލަތްތަކާއި އުކުޅުތައް ވެސް އެ ކޭމްޕްގައި ދަސްކޮށްދޭނެ ކަމަށް ދިރާގުން ބުނެ އެވެ،
ދިރާގާއި ސްޕާކްހަބް ގުޅިގެން ލޯކަލް ސްޓާޓްއަޕް ސަގާފަތަށް އެހީތެރިކަން ފޯރުކޮށްދީ، ސްޓާޓްއަޕް އިކޯސިސްޓަމް ރާއްޖޭގައި ގާއިމުކުރުމަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ކޭމްޕުގައި ރަޖިސްޓާވާން ބޭނުންވާ ފަރާތްތަކަށް https://bit.ly/LSMV2023 ލިންކުން ރަޖިސްޓްރީ ކުރެވޭނެ އެވެ.
ފުޑް ކާނިވާގެ މެއިން ސްޕޮންސަރަކަށް ދިރާގު
"ޓެކް ސްޓާސް ސްޓާޓަޕް ވީކެންޑް" އަންނަ ހަފުތާގައި
އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ
ދެ ލޯންޗު ހޯދުން ދެ ގުނަކޮށްދޭ އޮފާ ހަމަވަނީ
ޑީޖީޖީ އާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ދިރާގު ޕޭ ކަސްޓަމަރުންނަށް މާދަމާ 1ރ. އަށް ކޮފީއެއް
އެމްއެލްބީބީ މިނީ ސީރީޒަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު
ދިރާގަށް "ގްރޭޓް ޕްލޭސް ޓު ވޯކް" ގެ ސެޓިފިކޭޝަން
ދިރާގު ރޯޑްރޭހުން ޖަމިއްޔާތަކަށް ހަ ލައްކަ ރުފިޔާ