މަސްތުވެގެން އޮފީހަށް ގޮސް މުވައްޒަފުންނަށް ފުރައްސާކުރާ ކަމަށް ތުހުމަތުވާ، އިންތިގާލީ އިންސާފު އޮފީހުގެ އިންވެސްޓިގޭޓަރުގެ ތަހުގީަށް ހަ ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުއްދަ ދީފި އެވެ.
14 ޖޫން 2023
މަސްތުވެގެން އޮފީހަށް ގޮސް މުވައްޒަފުންނަށް ފުރައްސާކުރާ ކަމަށް ތުހުމަތުވާ، އިންތިގާލީ އިންސާފު އޮފީހުގެ އިންވެސްޓިގޭޓަރުގެ ތަހުގީަށް ހަ ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުއްދަ ދީފި އެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ހ. ކުއްޅަވައްމާގެ، މާލެ، މުހައްމަދު އިބްރާހިމް، 43 އެވެ. އޭނާ އަކީ އެ ފަދަ މައްސަލަތަކުގެ ކުށުގެ ރެކޯޑް ވެސް އޮތް މީހެކެވެ.
މުހައްމަދުގެ ބަންދުގެ އަމުރުގައި ބުނީ އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން އޯޕިއައި އާއި ބެންޒޯ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް، އެއީ ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ބާވަތެއް ނޫން ކަމަށް ދިފާއުން ބުނެފައިވާ ކަމަށް ކޯޓުން ބުންޏެވެ.
އެކަމަކު، އޭނާ ބަންދުކުރީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާ ނުވަތަ ޖަދުވަލުގައި ނުހިމެނޭ މަސްތުވާތަކެތީގެ ބާވަތްތައް ބޭނުންކުރުމުގައި އެ ގާނޫނުގެ ދަށުން އަމަލުކުރަން ޖެހޭ އުސޫލަށް ރިއާޔަތްކޮށްފައި ކަމަށް ކޯޓުގައި އަމުރުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ އިއްޔެ ހައްޔަރުކުރީ ވެސް މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ވާތީ މަގުމަތިންނެވެ.
އެކަމަކު، އިންތިގާލީ އިންސާފުގެ އޮފީހުގެ ވެރިޔާ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް އިއްޔެ ވެސް ވިދާޅުވީ އެއްވެސް މައްސަލައެއްގައި އެއްވެސް މުވައްޒަފަކު ހައްޔަރުކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއްވެސް މުވައްޒަފެއްގެ ފަރާތުން އެހެން މުވައްޒަފަކަށް ފުރައްސާރަ ކުރިމަތިވާ ކަމުގެ ޝަކުވާއެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެ އޮފީހުން ވާހަކަ ދެއްކި މީހުން ބުނެފައިވާ ގޮތުގައި މުހައްމަދުގެ އުނދަގޫ، އަންހެން މުވައްޒަފުންނަށް ފޯރާތީ މަސައްކަތުގެ މާހައުލުގައި ބިރުވެރިކަން އޮތީ އުފެދިފަ އެވެ. އެހެންވެ، ކަމާގުޅޭ ފަރާތްތަކަށް ވެސް އެކަން އެކި ފަހަރު މަތިން ހުށަހެޅި ކަމަށް ބުންޏެވެ.
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ޑްރަގް ބޮޑު މައްސަލައެއްގައި ދޫކުރި މައްސަލަ ނުބެލި
ފައެނާ ޝަރުތުތަކާއެކު، ދޫކޮށްލައި ފިރިމީހާ ބަންދު
ޕްރެޒެންޓަރު އިނާޔަތު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
ފައިސާއަށް ޑްރަގް އެތެރެކުރާ މީހަކު އުމުރަށް ޖަލަށް
ޑްރަގްނެޓްވޯކެއްގައި ހިމެނޭ މީހަކު 18 އަހަރަށް ޖަލަށް
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް