ބ. ކުންފުނަދޫގައި އޮންނަ ސޮނޭވާފުށި ރިސޯޓުގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތްތައް އީއައިއޭ ނުހަދާ ކޮށްފައި ވާތީ، އެ މަސައްކަތް ކުރި ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
15 ޖޫން 2023
ބ. ކުންފުނަދޫގައި އޮންނަ ސޮނޭވާފުށި ރިސޯޓުގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތްތައް އީއައިއޭ ނުހަދާ ކޮށްފައި ވާތީ، އެ މަސައްކަތް ކުރި ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އީޕީއޭއިން މިއަދު ބަނީ ހޯލްޑިންގެ ފަރާތުން އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް، ސޮނޭވާފުށީގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ ބެލި ކަމަށެވެ.
"ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބެލުމަށް ފަހު އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަން އީޕީއޭއަށް ވަނީ ޔަގީން ކުރެވިފައި،" ބަޔާނުގައި ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު، އެ ކުންފުނި 20،000ރ. އިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އީޕީއޭ ވަނީ އަންގައިފަ އެވެ.
ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާ ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ބެލުމަށް ފަހު އެކަމާ ގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް އީޕީއޭ އިން އެ ބަނީ ހޯލްޑިންގްސް އަށް އެންގި އެވެ.
ނެލިވަރު ފިނޮޅަށް އެރުމުން 400،000 އިން ޖޫރިމަނާ
ކެޔޮދޫގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ ކުޑަކޮށްދީފި
ކެންދޫ ފަރަށް ޓަގު ބޯޓެއް އަރައި، ފަރަށް ގެއްލުން
32 އަހަރު ކުރީގެ ގާނޫނަކުން ކުރެވޭނެ ކަމެއް ނެތް!
ވެށި ހިމާޔަތްކުރާ ފަންޑު ބަލަހައްޓާގޮތުން ސުވާލު އުފެދޭ
14 އަހަރަށް ފަހު ނައީމް އީޕީއޭ އިން ވަކިވެއްޖެ
ދޮންފަނުފަރުގައި ޑައިވްކުރުން މަނާކުރުން ގާނޫނާ ހިލާފު
ދޮންފަނުފަރަށް ޑައިވްކުރުން މަނާކުރުމުން ބޮޑު ގެއްލުމެއް
ވެއްޓަށް ގެއްލުން ލިބޭ އެހެން ޕްރޮޖެކްޓުތައް ހުއްޓާލާ!
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!