ބ. އަތޮޅުގެ ތިމާވެށި ހިމާޔަތްކުރުމަށް ގާއިމްކޮށްފައިވާ ފަންޑު ބަލަހައްޓާ ގޮތުން ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
28 އޮކްޓޯބަރ 2025
ބ. އަތޮޅުގެ ތިމާވެށި ހިމާޔަތްކުރުމަށް ގާއިމްކޮށްފައިވާ ފަންޑު ބަލަހައްޓާ ގޮތުން ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި، ބ. އަތޮޅުގައިވާ ގުދުރަތީ ނުވަތަ ތަބީއީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަން ހިންގުމުގެ ނިޒާމާ ގުޅޭ އެންވަޔަރަމެންޓަލް އޮޑިޓް ރިޕޯޓުގައި ވަނީ މި ކަންބޮޑުވުން ފާހަގަކޮށްފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުން ލިބޭ ހުރިހާ އާމްދަނީއެއް ޖަމާކޮށް ބެލެހެއްޓުމާއި ހަރަދުތައް ކުރުމަށް "ބ. އަތޮޅު ކޮންޒަވޭޝަން ޓްރަސްޓް ފަންޑު" ގާއިމްކޮށްފައި ވިޔަސް، އެ ފަންޑު ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ފަންޑު ހިންގުމަށް އަދި އެ ފަންޑު މެދުވެރިކޮށް ހިންގާ ޕްރޮޖެކްޓުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްފައި ނުވާ ކަމަށެވެ.
ގަވާއިދުން ފަންޑު ބޯޑުގެ ބައްދަލުވުންތައް ބާއްވާފައި ނުވާ ކަމަށާއި ބަޖެޓް އެޕްރޫވްކޮށްފައި ނުވާ ކަމަށާއި، އަދި އެ ފަންޑު ކުރިއެރުވުމަށް ފައިސާ ހޯދުމުގެ ގޮތުން 2012 ވަނަ އަހަރުގެ ފަހުން އެއްވެސް ކަމެއް ކޮށްފައިވާކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ އެ ފަންޑުގެ ފައިސާ ހަރަދުކޮށްފައިވާ ގޮތާއި އެހެނިހެން މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތަށް ވެބްސައިޓުގައި އަދާހަމަކޮށްފައި ނުވާ ކަމަށާއި އަހަރީ ރިޕޯޓުގައި ހިމަނަން ޖެހޭ ހުރިހާ މައުލޫމާތެއް ވެސް ހިމަނާފައި ނުވާ ކަމަށެވެ.
"މީގެ ސަބަބުން ފަންޑު މެނޭޖުކުރާ ގޮތާއި މެދު ރައްޔިތުންގެ އިތުބާރު ކުޑަވެ، ފަންޑުގެ މާހަރާކަމާއި (ޓްރާންސްޕޭރެންސީ) ނަޒާހަތްތެރިކަމަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތުން،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ އެކަންކަން އިސްހާލުކުރަން ލަފާ ދީފަ އެވެ.
Environmental Audit Report on Governance of Protected Areas in Baa atoll UNESCO Biosphere Reservehttps://t.co/QVGnbw2Vr9 pic.twitter.com/r10mKbjzvB
— AGO (@AuditMV) October 24, 2025
ބ. އަތޮޅު ކޮންޒަވޭޝަން ޓްރަސްޓް ފަންޑުގެ ބޯޑު އެކުލެވިގެން ވަނީ ހަ މެމްބަރުންގެ މައްޗަށެވެ. އެއީ، ބ. އަތޮޅު ކައުންސިލާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އާއި ބ. އަތޮޅުގައި ހިންގާ ރިސޯޓުތަކާއި ލިވްއެބޯޑް އެސޯސިއޭޝަނާއި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީސް ތަމްސީލްކުރާ މެމްބަރެއްގެ އިތުރުން ފަންޑުގެ މެނޭޖިން ޑިރެކްޓަރެވެ.
ގުދުރަތީ ނުވަތަ ތަބީއީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ 14 ތަނެއް ބ. އަތޮޅުގައި އޮވެ އެވެ.
ބ. އަތޮޅު ކޮންޒަވޭޝަން ޓްރަސްޓް ފަންޑަށް އާމްދަނީ ލިބެނީ އެ އަތޮޅުގައި އޮންނަ ހަނިފަރު ބޭ ސަރަހައްދަށް ވަނުމަށް އާންމުންނާއި ޓޫރިސްޓުންގެ އަތުން ނަގާ ފީންނާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ވަންނަ ޑައިވް ސެންޓަރުތަކުން ނަގާ ފީންނެވެ. އަދި ދައުލަތުން ދޭ ބަޖެޓާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދޭ އެހީގެ ގޮތުގައި ވެސް އެ ފަންޑަށް ފައިސާ ލިބެ އެވެ.
ވެއްޓަށް ގެއްލުން ލިބޭ އެހެން ޕްރޮޖެކްޓުތައް ހުއްޓާލާ!
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!
ރާއްޖެ އިތުރު ބަޔޮސްފިއާ ރިޒާވްތަކަކާ ދިމާލަށް!
"ތިމާވެށީގެ ޖޫރިމަނާގެ 37 މިލިއަން ނުލިބި އެބަހުރި"
ސަން ފްރަންޓަށް ބަދަލުގެ ގޮތުގައި ދިނީ ދެގުނަ ބޮޑުކޮށް
ފުވައްމުލަކު ފެނުގެ މައްސަލަ: އޮޑިޓުގައި އެތައް ކަމެއް
"ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
ގޯސްކޮށް މީހުން ވަކިކުރާނަމަ ފިޔަވަޅު އަޅަންޖެހޭ:އޮޑިޓް
މުވައްޒަފުން ނަގަން އިއުލާނެއް، އިންޓަވިއު ވެސް ނެތް!
ފެނަކައިގެ ޒިންމާ ފިނޭންސާއި ޕީސީބީން ނަގަންޖެހޭ!