18 ޖޫން 2023
އެކަށީގެންވާ އަދަދަށް އަދި ނުގެންދުވުނަސް ޖުޑިޝަރީގައި އަންހެން ފަނޑިޔާރުން އިތުރުވެއްޖެ ކަމަށާއި މިއީ 2018 އާ ހަމައަށް އޮތް ހާލަތާ އަޅާބަލާއިރު ނިސްބަތުން ކުރިއެރުމެއް ކަމަށް ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.
އެކަށީގެންވާ އަދަދަށް އަދި ނުގެންދުވުނަސް ޖުޑިޝަރީގައި އަންހެން ފަނޑިޔާރުން އިތުރުވެއްޖެ ކަމަށާއި މިއީ 2018 އާ ހަމައަށް އޮތް ހާލަތާ އަޅާބަލާއިރު ނިސްބަތުން ކުރިއެރުމެއް ކަމަށް ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަން ބޭއްވި ބައްދަލުވުމުގެ ތެރެއިން އަންހެނުންގެ ސިޔާސަތުތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމުގައި ހިސާން ވިދާޅުވީ، 2018އާ ހަމައަށް އަންހެން ފަނޑިޔާރުންގެ ނިސްބަތް ވަރަށް މަދު ކަމަށެވެ. އެކަމަކު އަންހެން ބާރުވެރިކުރުމުގެ ސިޔާސަތުގެ ތެރޭގައި ޝަރުއީ ދާއިރާ އަށް ގެނައި ބަދަލާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަން ފާހަގަކުރެއްވި އެވެ.
ތަފާސްހިސާބުތައް އާއްމުކުރައްވަމުން ހިސާން ވިދާޅުވި ގޮތުގައި 2018 އާ ހަމައަށް ރާއްޖޭގެ ކޯޓުތަކުގައި ތިބީ އަންހެން 10 ފަނޑިޔާރުންނެވެ. މިއީ، 200 އަށް ވުރެ ގިނަ ފަނޑިޔާރުންގެ ތެރެއިން ކަން ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ ބައްދަލުވުން. -- ފޮޓޯ | އެމްޑީޕީ
ހިސާން ވިދާޅުވި ގޮތުގައި މި އަދަދު އިތުކުރަން ފެށި މަސައްކަތުން މިއަދާ ހަމައަށް ބަލާލާއިރު 26 ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ކޮށްފި އެވެ. ޕަސެންޓޭޖުން ބަލާ ނަމަ އެއީ 100 ޕަސެންޓަށް ވުރެ ބޮޑު އިތުރުވުމެއް ކަމަށާއި އެކަމަކު އަދިވެސް މި އަދަދު އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އިސްތިއުނާފީ ދެ ކޯޓު, ހައި ކޯޓާއި ސުޕްރީމް ކޯޓަށް ބަލާއިރު 2018 އާ ހަމައަށް އެއްވެސް އަންހެން ފަނޑިޔާރަކު ނެތް ކަމަށެވެ. ހައި ކޯޓުގައި އޭރު އަންހެން ފަނޑިޔާރަކު އިންނެވި ކަމަށާއި އެކަކު އޭރު ދިމާކުރުވި ކަންތައްތަކަކުން އޭނާ އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވީ ކަމަށް ވިދާޅުވި އެވެ.
އެ އިޝާރާތްކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަނޑިޔާރު ކަމުގައި ކުރިމަތިކުރުވި ކަންކަމަށެވެ.
"އަޅުގަނޑުމެން އިސްތިއުނާފީ މަރުހަލާގެ ކޯޓުތައް ފެށީ ސުމަކުން. މިއަދު 42 ޕަސެންޓް ފަނޑިޔާރުންނަކީ ހައި ކޯޓާއި ސުޕްރީމް ކޯޓު އެއްކޮށްލީމާ އަންހެން ފަނޑިޔާރުން،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ބޭނުންވާ އަދަދަށް ނުވިޔަސް އެކަށީގެންވާ އަދަދެކެވެ.
"ފަޚުރުވެރިކަމާ އެކު ދަންނަވަން ބޭނުން ވަނީ 2018 އިން ފެށިގެން މިއަދާ ހަމައަށް އައިއިރު ޖުޑީޝަލް ރިފޯމްގައި އަންހެނުންގެ ހިއްސާއާ ދައުރު ވަރަށް ބޮޑުކަން،" ހިސާން ވިދާޅުވި އެވެ.
އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ ބައްދަލުވުމުގައި ރޮޒައިނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ
ޖުޑިޝަރީގައި މިހާރު އިސްކޮށް ތިއްބެވީ އަންހެނުންކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުޑީޝަލް އެކަޑަމީ ވެސް އަންހެނެއްގެ ބެއްލެވުމުގެ ދަށުން ހިނގުމަކީ ފަޚުރެއް ކަމަށެވެ.
އަންހެނުންނަށް އިންސާފަށް ވާސިލްވުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ހިސާން ވިދާޅުވީ ވަރި އާއި ކުދިންގެ ހަޟާނާތާ ގުޅޭ މައްސަލަ އަށް ވިޔަސް މިހާރު ޖުޑިޝަރީން ފަސޭހަތަކެއް އަންނަނީ ހޯދައިދެމުން ކަމަށެވެ. ޑިޖިޓަލައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ޝަރީއަތުގައި ބައިވެރިވެވޭތީ އެންމެ ބޮޑު ފައިދާއެއް ލިބުނީ އަންހެނުންނަށް ކަން ފާހަގަކުރެއްވި އެވެ.
އަންހެނުން ބާރުވެރިކުރުމުގެ ވާހަކަ ދައްކާއިރު, ހިސާން ވިދާޅުވި ގޮތުގައި, އަންހެނުން ބާރުވެރިކުރުވުނު ކަމަށް ވާނީ އަންހެންނާ ގުޅޭ ގޮތުން މިހާރު ކުރަމުން އަންނަ އަސާސީ ސުވާލުތައް ހުއްޓޭ ދުވަހަކުންނެވެ. އަންހެނުންގެ މިވެނި އަދަދުތަކެއް ބާރުވެރިކުރުވަން ފުދޭ ހެއްޔޭމި ސުވާލު ނިމުމަކަށް އަންނާނީ ބާރުވެރިކުރުވިގެން ކަން ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ ބައްދަލުވުމުގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ | އެމްޑީޕީ
މިސާލެއް ދައްކަވަމުން ވިދާޅުވީ ތަނެއްގައި ތިބި 54 ފިރިހެނުންނަކީ ފުދޭވަރެއް ހެއްޔޭ ސުވާލު ނުއުފައްދާ ކަމަށެވެ. އަންހެނުން ބާރުވެރި ކުރުވުނު ކަމަށް ވާނީ އަންހެނުންނާ ގުޅުވައި މި ސުވާލުކުރަން ނުޖެހުމުން ކަމަށް ހިސާން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިއީ އަންހެނުންގެ އަޑު އަހައިގެން މަސައްކަތް ކުރި ސަރުކާރެއް ކަމަށެވެ. ކެބިނެޓް އެކުލަވާލި އިރު އަންހެނުންގެ ނިސްބަތް ގިނަ ކުރުމުން ވެސް މި ސަރުކާރުން އަންހެނުންނަށް އިސްކަންދޭ ވަރު އެނގޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން ބޮޑަށް އަންހެނުންގެ ހިއްސާ އާއި ބައިވެރިވުން ބޮޑުކުރާނެ އެވެ.
ބޭރުގެ ފަނޑިޔާރުންނަށް ރާއްޖޭގެ ކޯޓުތައް ހުޅުވާލަނީ
ހިސާންގެ އިސްލާހުތައް ފޮނުވީ މަސައްކަތް ނިމުނު ފަހުން
ފަނޑިޔާރުންނަށް ހުކުރު ނަމާދުގެ އިމާމުކަން ކުރެވޭނެ
މައްސަލަ މަދުވަނީ ހެޔޮ ބަދަލެއް އައިސްފައިވާތީ: ހިސާން
"މަސައްކަތް މިކުރަނީ ރަނގަޅު ފަނޑިޔާރުން ހޯދައިދޭން"
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"
ޝަކީލްއާ ބައްދަލުކުރި ވާހަކަ ނަޝީދު ދޮގުކުރައްވައިފި
މިއީ ފިސާރި އަންހެންވެރިން އުފައްދަންވީ ދުވަސް:ރޮޒައިނާ
ފަނޑިޔާރުންނަށް ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!