Roadha Mihaaru
މައްސަލަ މަދުވަނީ ހެޔޮ ބަދަލެއް އައިސްފައިވާތީ: ހިސާން

ބަލާ މައްސަލަ މަދުވުމަކީ ފަނޑިޔާރުންނަށް ހެޔޮ ބަދަލެއް އައިސްފައިވާކަމުގެ ހެއްކެއް: ހިސާން

27 މާޗް 2023

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް މިދިޔަ އަހަރު މަދުވުމަކީ ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލެއް އައިސްފައިވާކަމުގެ ހެއްކެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް މިދިޔަ އަހަރު މަދުވުމަކީ ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލެއް އައިސްފައިވާކަމުގެ ހެއްކެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީން އިއްޔެ ނެރުނު އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ހިސާން ވިދާޅުވެފައިވަނީ މިދިޔަ އަހަރު ފަނޑިޔާރުންނާ ގުޅޭ 392 މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިޔަސް، އެ ކޮމިޝަނުން ބަލަން ނިންމާފައި އޮތީ 15 މައްސަލައެއް ކަމަށެވެ.

ހިސާން ވިދާޅުވެފައިވާ ގޮތުގައި އެއީ ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމުގެ ހެއްކެކެވެ.

ހިސާން ވިދާޅުވެފައިވަނީ އެ ކޮމިޝަނުުން ނުބަލަން ނިންމި މައްސަލަތަކުގެ އަދަދު އިތުރު ވިޔަސް، އެކަންކަން ޝަރުއީ ނިޒާމުގެ ތެރެއިން ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް އެ ކޮމިޝަނުން ކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރަކީ ކޮވިޑް-19 އަށްފަހު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 392 މައްސަލައެއް ހުށަހެޅިއިރު، 2021 ވަނަ އަހަރު ބާކީ ހުރި މައްސަލަތަކާ އެކު 434 މައްސަލައެއް އެ ކޮމިޝަނުން ބެލި އެވެ. އޭގެ ތެރެއިން 379 މައްސަލައެއް ނުބަލަން ނިންމާފައިވެ އެވެ.

ތަހުގީގުކުރަން ފެށީ ކުރީ އަހަރުގެ މައްސަލަތަކާ އެކު 17 މައްސަލައެއް ކަމަށް ވިޔަސް، މިދިޔަ އަހަރު ނިންމީ އެންމެ ހަ މައްސަލަ އެވެ. އަދި 38 މައްސަލައެއް އިތުރަށް ދަނީ ދިރާސާ ކުރަމުންނެވެ.