20 ޖޫން 2023
މާޒިޔާގެ ކޯޗު ކަމަށް ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ހަމަޖެއްސިތާ ހަތަރުމަސް ފަހުން އޭނާގެ ކޮންޓްރެކްޓް މިއަދު އެ ކްލަބުން އުވާލައިފި އެވެ.
މާޒިޔާގެ ކޯޗު ކަމަށް ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ހަމަޖެއްސިތާ ހަތަރުމަސް ފަހުން އޭނާގެ ކޮންޓްރެކްޓް މިއަދު އެ ކްލަބުން އުވާލައިފި އެވެ.
ކުރިން އިންޑޮނޭޝިއާ އަދި މިޔަންމާގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށް ދިން އީވާން، މާޒިޔާގެ ކޯޗު ކަމަށް ހަމަޖެއްސީ ފެބްރުއަރީ މަހު އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ދުރާލައި ސީޒަނަށް ތައްޔާރުވެ މާޒިޔާއިން ވަނީ ޗެރިޓީ ޝިލްޑާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ.
އީވާން، ކޮންޓްރެކްޓް އުވާލިކަން މާޒިޔާއިން މިއަދު އިއުލާން ކުރި ނަމަވެސް އޭނާ ދޫކޮށްލަން އެ ކްލަބުން އުޅޭ ކަމަށް އަޑު ފެތުރިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
މާޒިޔާއިން ސޯޝަލް މިޑީއާގައި ކުރި ޕޯސްތްގައި ބުނެފައި ވަނީ އީވާން ޓީމު ދޫކޮށްލީ ދެފަރާތް އެއްބަސްވެގެން ކަމަށެވެ.
މިދިޔަ ތިން ސީޒަންގައި ވެސް މާޒިޔާއިން ވަނީ ސީޒަންގެ ވަކި ހިސާބަކުން އެ ޓީމުގެ ކޯޗުން ބަދަލުކޮށްފަ އެވެ. މިދިޔަ ސީޒަން ފެށި އިރު އެ ކްލަބްގެ ކޯޗަކަށް ހުރީ މުހައްމަދު ޝިޔާޒު (މޯހަން) އެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕްގެ ނާކާމިޔާބާ އެކު އޭނާ މަގާމުން ދުރުކޮށް ދެން ކޯޗު ކަމަށް ހަމަޖެއްސީ ސާބިއާގެ މިއޯޑްރާގް ޖެސިޗް އެވެ. މިދިޔަ ޑިސެމްބަރު މަހު ޖެސިޗް ވަނީ ސާބިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވެފަ އެވެ.
އޭގެ ކުރީގެ ސީޒަންގައި މާޒިޔާއިން ފެށީ، މުހައްމަދު ނިޒާމް ކޯޗަކަށް ހަމަޖައްސައިގެންނެވެ. އެކަމަކު ދިވެހި ލީގުގެ ވަކި ހިސާބަކުން އޭނާ މަގާމުން ވަކިކޮށް ސާބިއާގެ އެހެން ކޯޗެއް ކަމަށްވާ ރިސްޓޯ ވިޑަކޮވިޗް ކޯޗު ކަމަށް ހަމަޖެއްސި އެވެ.
މާޒިޔާއިން ބުނީ އީވާންގެ ބަދަލުގައި އާ ކޯޗަކު ހަމަޖެއްސުމުގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕަށް ކްލަބް ފުޓްބޯޅަ މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. މާާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ނިމުމަށް ފަހު ލީގު އަލުން ފަށާނީ ޖުލައި މަހު އެވެ.
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
އުއްމީދީ ޒުވާން ފޯވާޑް އިލާން މާޒިޔާ އަށް
ކްލަބްގެ ޓެކްނިކަލް އެނަލިސިސް ގޯހެއް ނޫން: މާޒިޔާ
މިކަހަލަ ހާލަތެއް ކުރިންދިމާނުވޭ: ޑުކަނޮވިޗް
މާޒިޔާގެ ކޯޗަކަށް ސާބިއާގެ ޑުކަނޮވިޗް
މާލީ ތަފުސީލު ސްޕޯޓްސް ކޮމިޝަނަރަށް ފޮނުވީ މާޒިޔާއިން
މިދިޔަ އަހަރު ސަރުކާރުން މާޒިޔާ އަށް 5.2 މިލިއަން
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
ލައިޓްތައް މައްސަލަޖެހި މާޒިޔާގެ މެޗަށް ހިޔަނި