Roadha Mihaaru
ދިރާގުގެ އާ ކަސްޓަމަރުންނަށް ހަ މަހު ޑޭޓާ ހިލޭ

ދިރާގުގެ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ޑޭޓާ ހިލޭ

29 ޖެނުއަރީ 2017

ދިރާގުގެ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހަ މަސްދުވަސް ވަންދެން ހިލޭ ޑޭޓާ ދޭން ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދިރާގުގެ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހަ މަސްދުވަސް ވަންދެން ހިލޭ ޑޭޓާ ދޭން ފަށައިފި އެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ދިރާގުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޕެކޭޖެއް ނަގާ ފަރާތްތަކަށް ހިލޭ ޑޭޓާ ލިބޭނެ އެވެ. އެގޮތުން، ޕޯސްޓްޕެއިޑް ނަގާ ކަސްޓަމަރުންނަށް ހަ މަސްދުވަސް ވަންދެން ކޮންމެ މަހަކު ދެ ޖީބީގެ ޑޭޓާ ހިލޭ ލިބޭއިރު، ތިން މަސްދުވަސް ވަންދެން މަހު ފީން 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

ޕްރީޕެއިޑް ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ހަ މަސްދުވަސް ވަންދެން ކޮންމެ މަހަކު އެއް ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިހާރު ގެންގުޅޭ ނަމްބަރު ބަދަލުނުކޮށް ވެސް ދިރާގުގެ ނެޓްވޯކާ ގުޅޭނެ އެވެ.

މުވާސަލާތީ ހިދުމަތް ދޭ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3ޖީގެ ހިދުމަތް ދެމުންނެވެ.

މީގެ އިތުރުން، 2015 ގައި ރާއްޖެ އަށް 4ޖީގެ ހިދުމަތް ތައާރަފް ކުރުމަށް ފަހު، ދިރާގުން ވަނީ އެ ކުންފުނީގެ 4ޖީގެ ނެޓްވޯކް ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް ފުޅާކޮށްފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ފޯރުކޮށް ދޭން ދިރާގުން ވަނީ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ.