Roadha Mihaaru
ދިރާސީ އާ އަހަރަށް ދިރާގުގެ "ބެކް ޓު ސްކޫލް"

ދިރާސީ އާ އަހަރަށް ދިރާގުގެ "ބެކް ޓު ސްކޫލް"

01 އޯގަސްޓް 2023

ދިރާސީ އާ އަހަރަށް އަމާޒުކޮށް ދިރާގުން "ބެކް ޓު ސްކޫލް" ނަމުގައި ކެމްޕެއިނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާސީ އާ އަހަރަށް އަމާޒުކޮށް ދިރާގުން "ބެކް ޓު ސްކޫލް" ނަމުގައި ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިނުގައި ސޯޝަލް މީޑިއާ ކެމްޕެއިނަކާއި ފައިބާ ބްރޯޑްބޭންޑަށް ހާއްސަ އޮފާއަކާއި މައިފައި ޑިވައިސް އިން ދޭ ހާއްސަ ޑިސްކައުންޓެއް ހިމެނެ އެވެ.

"ބެކް ޓު ސްކޫލް"ގެ ސޯޝަލް މީޑިއާ ކެމްޕެއިނުގައި ސްކޫލަށް ގެންދަން ތައްޔާރުކުރާ ފޮތްތަކުގެ އެކި ޑިޒައިންތަކަށް ހަދާ ކަވަރުތަކުގެ ފޮޓޯތައް ހިއްސާކުރުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ކެމްޕެއިނުގައި ބައިވެރިވުމަށް ސޯޝަލް މީޑިއާގައި ފޮޓޯ ޕޯސްޓުކުރަން ޖެހޭނީ DhiraaguBackToSchool# ޖެހުމަށް ފަހު އެވެ.

Dhiraagu Back To School Offers - Promotions

Dhiraagu Back To School Offers - Promotions

test

މި ލިންކުން އެ ކެމްޕެއިންގެ އޮފާތަކުގެ މައުލޫމާތުތައް ލިބޭނެ.

މި ކެމްޕެއިނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަސް ފަރާތަކަށް 1000ރ. ގެ ހާއްސަ ސްޓޭޝަނަރީ ވައުޗަރެއް ދޭނެ ކަމަށް ދިރާގުން ބުންޏެވެ.

"ބެކްޓު ސްކޫލް"ގެ ދަށުން ހުކުރު ދުވަހުގެ ނިޔަލަށް ފައިބާ ބްރޯޑްބޭންޑަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރާއި ގުޅާދިނުމުގެ ހިދުމަތް ދޭނެ އެވެ. އަދި އޮގަސްޓު މަހުގެ ނިޔަލަށް މައިފައި ޑިވައިސްއިން 50 ޕަސެންޓުގެ ޑިސްކައުންޓާއި އެކު އެ ޑިވައިސް 594ރ. އަށް މި ކެމްޕެއިނުގެ ދަށުން ލިބޭނެ އެވެ.