Roadha Mihaaru
ދިރާގު މައި-ފައި ޑިވައިސްގެ ޕްރޮމޯޝަނެއް

ސްކޫލް ބަންދަށް ދިރާގު މައި-ފައި ޑިވައިސްގެ ޕްރޮމޯޝަނެއް

02 ޖުލައި 2023

ސްކޫލް ބަންދަށް އަމާޒުކޮށް "ބޮޑު ޗުއްޓީ ސޭލް"ގެ ނަމުގައި ދިރާގުގެ މައިފައި ޑިވައިސްއަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސްކޫލް ބަންދަށް އަމާޒުކޮށް "ބޮޑު ޗުއްޓީ ސޭލް"ގެ ނަމުގައި ދިރާގުގެ މައިފައި ޑިވައިސްއަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މިއީ ސްކޫލް ބަންދުގައި ދާ ކޮންމެ ތަނަކުން އިންޓަނެޓުގެ ހިދުމަތް ފަސޭހައިން ހޯދޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަނުގައި 4ޖީ މޯބައިލް ވައި-ފައި ޑިވައިސްއެއް ގަންނަ ހުރިހާ ކަސްޓަމަރުންނަށްވެސް 50 ޕަސެންޓު ޑިސްކައުންޓާ އެކު 594ރ. އަށް މި ޑިވައިސް ގަނެވޭނެ އެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި މިއީ ޗުއްޓީގައި އެކި ތަންތަނަށް ދަތުރުކުރާ އިރު ވެސް ފަސޭހައިން މުޅި އާއިލައަށް އިންޓަނެޓު ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެކެވެ.

މިއީ މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ލިމިޓެޑް ޓައިމް އޮފާ އެކެވެ.

ދިރާގު މައިފައި ޑިވައިސް ދިރާގުގެ ވެބްސައިޓުން ގަނެވޭނެ އެވެ.