ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި މި މަހު ހަވާލުކުރާނެ ކަމަށް އާބަންކޯއިން މިއަދު ބުނެފި އެވެ.
03 ޖުލައި 2023
ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި މި މަހު ހަވާލުކުރާނެ ކަމަށް އާބަންކޯއިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހް ވިދާޅުވީ ފްލެޓު ލިބުނު މީހުންނަށް މި މަސް ނިމުމުގެ ކުރިން ތަން ހަވާލުކުރާނެ ކަމަށެވެ. އޭގެ އިތުރުން، އާއްމުންގެ ތެރެއިން އެ ފްލެޓަށް ކުރިމަތިލި މީހުންގެ ވެސް ފައިނޭންޝަލް އިވެލުއޭޝަން ނިންމުމަށް އެމްއެމްއޭ އަށް ކްރެޑިޓް ރިޕޯޓު ހުށަހެޅުމަށް އަންގާފައިވާނެ ކަމަށް މިމްރާހް ވިދާޅުވި އެވެ.
ވިނަރެސް ފްލެޓަށް ހޮވުނީ މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 1094 މީހުންނާއި މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ. އެހެން ނަމަވެސް، އެ ފަރާތްތަކަށް ދޫކުރާ ފްލެޓްގެ ޖުމްލަ އަދަދު ޔަގީން ވާނީ، ސީލައިފާއި ގުޅީފަޅު އަދި ހިޔާއިން ފްލެޓް ބަދަލު ކުރި ފަރާތްތަކަށް ވިނަރެސް އިން ފްލެޓް ދިނުމަށް ފަހު ބާކީވާ އަދަދެއް އެނގުމުންނެވެ.
އޭގެ ތެރެއިން ބައެއް ފަރާތްތަކާއެކު އެއްބަސްވުމުގައި މިހާރު ވަނީ ސޮއި ވެސް ކޮށްފަ އެވެ. ނަމަވެސް، މިހާތަނަށް އެ އެގްރިމެންޓުގައި ސޮއިކުރި މީހުންގެ އަދަދެއް އަދި ނޭނގެ އެވެ.
ގުޅިފަޅު ފެލްޓް ގަތް 100 މީހަކަށް ވިނަރެސް ފްލެޓް ލިބެ އެވެ.
ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ. އެ ފްލެޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
ފުލް ޕޭމަންޓް ދައްކައިގެން މިހާތަނަށް 128 ފްލެޓެއް ނަގާފައިވާ ކަމަށް އާބަންކޯއިން ކުރިން ބުންޏެވެ.
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ބައިގަޑިއިރުތެރޭ ވިނަރެސްގެ ހުރިހާ ފްލެޓެއް ބުކްކޮށްފި!
ވިނަރެސް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަނީ
ޒުހޫރުގެ ސިޓީ ލިބުނު ނަމަ ފިޔަވަޅު އަޅާނަން: ރައީސް
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ވިނަރެސްގެ ބާކީ ފްލެޓްތައް ދިނީ ފޭކް ލިޔުން ހަދައިގެން
ވިނަރެސް ފްލެޓްތައް ދިނީ ހައްގުވެރިންނަށްތޯ ސުވާލު
ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލް
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ވިނަރެސްގެ ކުލި 10،000ރ. އަށް ހަދަން ޕެޓިޝަނެއް