ކުރީ ސަރުކާރު ބަދަލުވިއިރު ދޫނުކޮށް ހުސްކޮށް ހުރި ވިނަރެސް ފްލެޓްތައް އެޗްޑީސީން ފަހުން ދޫކޮށްފައިވާ ގޮތް ސާފުނުވާ ކަމަށާއި އެ ފްލެޓްތައް ދޫކޮށްފައިވާ މީހުންނާ މެދު ވެސް ސުވާލު އުފެދޭ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
19 ޑިސެމްބަރ 2024
ކުރީ ސަރުކާރު ބަދަލުވިއިރު ދޫނުކޮށް ހުސްކޮށް ހުރި ވިނަރެސް ފްލެޓްތައް އެޗްޑީސީން ފަހުން ދޫކޮށްފައިވާ ގޮތް ސާފުނުވާ ކަމަށާއި އެ ފްލެޓްތައް ދޫކޮށްފައިވާ މީހުންނާ މެދު ވެސް ސުވާލު އުފެދޭ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ވިނަރެސް ފްލެޓް ފުރަތަމަ ދޫކުރީ އެކަމަށް ހުޅުވާލުމުން އެދުނު މީހުންނާއި ހިޔާ ފްލެޓް ބަދަލުކުރަން ބޭނުންވި މީހުންނާއި ގުޅިފަޅުން ފްލެޓް ލިބުނު މީހުން އަދި ވިނަރެސް އިން ލަނޑު ލިބުނު މީހުންގެ ތެރެއިން އެ ފްލެޓް ބޭނުންވާ މީހުންނަށް ކަމަށެވެ.
ޖުމްލަ 1،344 ވިނަރެސް ފްލެޓްތަކުގެ ތެރެއިން ކުރީގެ ސަރުކާރުގެ ދައުރު ހަމަވިއިރު ބާކީ ދޫނުކުރެވި ގާތްގަނޑަކަށް 400 އެއްހާ ފްލެޓް ހުންނާނެ ކަމަށާއި އެ ފްލެޓްތައް ދޫކުރި ގޮތެއް ސާފުނުވާ ކަމަށް އާރިފް ވިދާޅުވި އެވެ.
"ސީލައިފް މީހުންގެ ތެރެއިން އޭރު ވިނަރެސް ބޭނުން ވެގެން އެދުނު ހުރިހާ މީހުންނަށް ފްލެޓް ދީފައި ހުރީ. އެހެންވީމާ ދެން ބާކީ މި ހުރި އަދަދު އެއީ ކިހިނެއް، ކޮން ގޮތަކުން ދީފައި ހުރި އެއްޗެއްތޯ؟ ރޭގައި އެޗްޑީސީގެ އެމްޑީ ވިދާޅުވި ސީލައިފްގަ ވަރަށް ގިނަ މީހުން އުޅެއޭ، އެކަމަކު އެއީ ކޮން ބައެއް ކަމެއް ނޭނގޭ. މާނައަކީ ކޮންމެ ފަރާތަކީ ވެސް ސީލައިފްގެ މީހެއް ކަމަށް ބުނުމުން އެއެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ،" އާރިފް ވިދާޅުވި އެވެ.
"ޕަބްލިކް ޑޮމެއިންގައި ސީލައިފްގެ ލިސްޓް ނެތީމާ މިހާރު އެ ފްލެޓްތައް ދީފައިވަނީ އޭގެ ތެރެއިން ބަޔަކު ކަމެއް އަޅުގަނޑުމެންނަށް އެނގޭނެ ގޮތެއް ނެތް."
އާރިފް: އެޗްޑީސީން ވިނަރެސް ފްލެޓްތައް ދިނީ ހައްގުވެރިންނަށްތޯ ވަނީ ސުވާލު އުފައްދާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެޗްޑީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ ސީލައިފްގެ 376 މީހެއްގެ މައްސަލަ އުޅޭ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް ވިނަރެސް ފްލެޓް ހަމަޖައްސައިދީފައިވާ ކަމަށެވެ. ގާތްގަނޑަކަށް 203 މީހުންގެ މައްސަލަ ކޯޓުގައި އޮތް ކަމަށް ފަޒުލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަތުގައި ހުރި ވިނަރެސްގެ ފްލެޓްތަކުން އިސްކަން ދިނީ ކޯޓުގައި އޮތް މީހުންގެ މައްސަލަތައް ހައްލު ކުރަން. އަޅުގަނޑުމެން މިތަނަށް އައިސް މިކުރާ ކަމަކީ މައްސަލަތައް ހައްލު ކުރުން. އެ ޔަގީންކަން މި އަރުވަނީ. އަޅުގަނޑުމެން މި ތަނުން އެއްޗެހި ބަހަނީއެއް ނޫން،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ސީލައިފްގެ 75-80 މީހުންނަށް އަދިވެސް ހައްލު ހޯދައި ދެވިފައެއް ނުވެ އެވެ.
މި ސަރުކާރުގައި އިއުލާން ނުކޮށް ދޫކުރި ވިނަރެސް ފްލެޓްތަކުގެ އަދަދާއި އޭގެ ތަފްސީލު ހޯދުމަށް "މިހާރު"ގެ ފަރާތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދުމުން އެޗްޑީސީން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. މި މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި އަޑުއެހުމުގައި އެޗްޑީސީން ބުނެފައިވަނީ ވިނަރެސް ފްލެޓްތައް ދޫކުރީ ސަރުކާރުން ސްޓެލްމެންޓް އެގްރިމެންޓް ހަދާފައިވާ މީހުންނަށް ކަމަށެވެ.
ޒުހޫރުގެ ސިޓީ ލިބުނު ނަމަ ފިޔަވަޅު އަޅާނަން: ރައީސް
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ވިނަރެސްގެ ބާކީ ފްލެޓްތައް ދިނީ ފޭކް ލިޔުން ހަދައިގެން
ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލް
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ބައިގަޑިއިރުތެރޭ ވިނަރެސްގެ ހުރިހާ ފްލެޓެއް ބުކްކޮށްފި!
ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި މި މަހު ހަވާލުކުރަނީ
ވިނަރެސް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަނީ
"ވިނަރެސްގައި ޕޮއިންޓް އެއްވަރުނަމަ ގުރުއަތުލާނެ"