Roadha Mihaaru
ޓްވިޓާއިން ބުނަނީ ތްރެޑްސް އިން "ވައްކަންކުރީ" ކަމަށް

"ތްރެޑްސް" އަށް އެއް ދުވަހުން 30 މިލިއަން، ޓްވިޓާ ވިސްނަނީ ދައުވާކުރަން

07 ޖުލައި 2023

ސިފަތަކާއި ބޭނުން ވެސް ޓްވިޓާއާ ދާދި އެއްގޮތަކަށް ހަދައި ފޭސްބުކްގެ މައި ކުންފުނި "މެޓަ" އިން އިއްޔެ ލޯންޗުކުރި "ތްރެޑްސް" އަށް އެންމެ ދުވަހަކުން 30 މިލިއަނަށްވުރެ ގިނަ ޑައުންލޯޑް ލިބުމާ އެކު ޓްވިޓާއިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދައްކަން ފަށައިފި އެވެ.

ސިފަތަކާއި ބޭނުން ވެސް ޓްވިޓާއާ ދާދި އެއްގޮތަކަށް ހަދައި ފޭސްބުކްގެ މައި ކުންފުނި "މެޓަ" އިން އިއްޔެ ލޯންޗުކުރި "ތްރެޑްސް" އަށް އެންމެ ދުވަހަކުން 30 މިލިއަނަށްވުރެ ގިނަ ޑައުންލޯޑް ލިބުމާ އެކު ޓްވިޓާއިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދައްކަން ފަށައިފި އެވެ.

ތްރެޑްސް އުފައްދާފައިވަނީ ޓްވިޓާގައި ކުރިން ވަޒީފާ އަދާކުރި މީހުން ބޭނުންކޮށްގެން، ވިޔަފާރީގެ ސިއްރުތަކުން ވައްކަންކޮށްގެން ކަމަށް ތުހުމަތުކޮށް ޓްވިޓާގެ ވެރިޔާ އީލޮން މަސްކްގެ ގާނޫނީ ވަކީލް އެލެކްސް ސްޕައިރޯ ޓްވިޓާއަށް ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. އަދި މިކަމާ ބެހޭ ގޮތުން މަސްކުގެ ޓްވީޓެއްގައި "ވާދަވެރިކަމަކީ މައްސަލައެއް ނޫން، އެކަމަކު އޮޅުވައިލުމަކީ މައްސަލައެއް" ކަމަށް ވަނީ ބުނެފަ އެވެ.

މެޓަ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގަށް ފޮނުއްވި ސިޓީގައި، ޓްވިޓާގެ ވިޔަފާރީގެ ސިއްރުތައް ގަސްތުގައި، ނަހަމަ ގޮތުގައި ބޭނުންކުރުމާއި ބައެއް ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ސްޕައިރޯގެ ސިޓީގައި، މެޓަ އިން ޓްވިޓާގެ ބައެއް މުވައްޒަފުންނަށް ވަޒީފާ ދީގެން ތްރެޑްސް އުފެއްދުމުގައި ބޭނުންކުރި ކަމަށާއި އެ މީހުންނަކީ މިހާރު ވެސް ޓްވިޓާގެ އެތައް ސިއްރެއް އެނގޭނެ އަދި އެ ބޭނުންކުރެވިދާނެ މީހުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ ތްރެޑްސްގެ މައްސަލާގައި ދައުވާކުރުމުގެ ހައްގު ހޯދުމަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ހުރިހާ ހައްގެއް ލިބިގެންވާ ކަމަށް ވަނީ ބުނެފަ އެވެ.

އެކަމަކު މި ތުހުމަތު ދޮގުކޮށް، މެޓަގެ ތަރުޖަމާނު އެންޑީ ސްޓޯން ތްރެޑްސްގައި ވިދާޅުވީ ޓްވިޓާގައި ކުރިން މަސައްކަތްކުރި އެއްވެސް މީހަކު ތްރެޑްސްގެ އިންޖިނިއަރިން ޓީމުގައި ނެތް ކަމަށެވެ.

"އެ ދައްކަނީ އެއްވެސް ވާހަކައެއް ނޫން،" އޭނާ ވިދާޅުވެފައިވެ އެވެ.

މެޓަގެ މަގުބޫލު އެޕް އިންސްޓަގްރާމާ ގުޅިގެންދާގޮތަށް އެކަމަކު ވަކި އެޕެއް ގޮަށް ލޯންޗްކުރި ތްރެޑްސް ފުރަތަމަ ދުވަހު ވަނީ 100 އަށް ވުރެ ގިނަ ގައުމަށް ދޫކޮށްފަ އެވެ. ޔޫރަޕްގެ ގައުމުތަކުގައި، ގާނޫނީ އެކި ސަބަބުތަކާ ހެދި އަދި މި އެޕް ލޯންޗެއް ނުކުރެ އެވެ.

މަސްކް ޓްވިޓާ ގަތުމަށް ފަހު އެތަނުގެ މުވައްޒަފުންގެ 80 ޕަސެންޓް މަދުކުރުމާއި އާމްދަނީ ހޯދުމަށް ކުރި ކަންކަމުގެ ސަބަބުން އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.