މެޑްރިޑް (ޖުލައި 6) - ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ފާރަލަމުން އައި ތުރުކީގެ ފެނަބާޗޭ އަށް ކުޅުނު ޒުވާން ތަރި، އަރުދާ ގުލާގެ ސޮއި ރެއާލް މެޑްރިޑުން ހޯދައިފި އެވެ.
07 ޖުލައި 2023
މެޑްރިޑް (ޖުލައި 6) - ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ފާރަލަމުން އައި ތުރުކީގެ ފެނަބާޗޭ އަށް ކުޅުނު ޒުވާން ތަރި، އަރުދާ ގުލާގެ ސޮއި ރެއާލް މެޑްރިޑުން ހޯދައިފި އެވެ.
ގުލާ، 18، ރެއާލްއާ ގުޅުނުކަން ރަސްމީކޮށް އެ ކްލަބުން ހާމަކުރީ އިއްޔެ އެވެ. އުއްމީދީ ކުޅުންތެރިޔާ ރެއާލް އަށް ބަދަލުވީ ހަ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެކަމަކު ގުލާ ގެންނަން ކުރި ހަރަދުގެ ތަފްސީލް ރެއާލުން ހާމައެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލުން އެ ޑީލް ނިންމަން ހަރަދުކުރީ 21 މިލިއަން ޑޮލަރެވެ.
ވާތުފައިން ވިންގަށް ކުޅޭ ގުލާގެ އާދަޔާހިލާފު ހުނަރާ އެކު އޭނާ މަޝްހޫރު ވެފައިވަނީ "ޓާކިޝް މެސީ" ގެ ނަމުންނެވެ. ޒުވާން އުމުރުގައި ގުލާ ރެއާލާ ގުޅުނުއިރު ރެއާލުން ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އިންގްލެންޑުގެ 20 އަހަރުގެ މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ވެސް ގެނެސްފަ އެވެ.
މިދިޔަ ޖޫން މަހު ކުޅުނު ޓާކިޝް ކަޕް ފައިނަލް ފެނަބާޗޭ އިން ކާމިޔާބު ކުރިއިރު ގުލާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމަށް މިދިޔަ ސީޒަނުގައި ހަތަރު ގޯލު ޖަހައި ހަތަރު ގޯލު ޖަހަން ގުލާ އެހީތެރިވި އެވެ.
ގުލާ އަށް ތުރުކީ ގައުމީ ޓީމުން ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ޔޫރޯ ކޮލިފައިންގައި މިދިޔަ އަހަރު އޭނާ ވަނީ ވޭލްސް ކޮޅަށް ގޯލު ޖަހައިފަ އެވެ. އެ ގޯލާ އެކު ގުލާ ވެފައިވަނީ ތުރުކީގެ ގައުމީ ޓީމަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.
އުމުރުން 16 އަހަރުގައި ފެނަބާޗޭގެ ސީނިއާ ޓީމުން ފުރުސަތު ހޯދި ގުލާ އަށް އެޓީމުގެ 10 ނަންބަރު ޖާޒީ މިދިޔަ ސީޒަނުގައި ވަނީ ދީފަ އެވެ. އޭރު ވެސް ޔޫރަޕްގެ މަޝްހޫރު ކްލަބްތައް ދިޔައީ އޭނާ އަށް ފާރަލަމުންނެވެ. ރެއާލްއާ އެކު ގުލާގެ ޑީލް ކާމިޔާބުކުރަން އެންމެ ބުރަކޮށް މަސައްކަތްކުރީ ބާސެލޯނާ އެވެ.
ބާސެލޯނާގެ އިތުރުން ޕްރިމިއާ ލީގުގެ ކްލަބްތައް ކަމަށްވާ އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ނިއުކާސަލް ޔުނައިޓެޑުން ވެސް ގުލާ އަށް ފާރަލި އެވެ. އަދި ޖަރުމަނުގެ ބަޔާން މިއުނިކާއި ފްރާންސްގެ ޕީއެސްޖީ ވެސް ގުލާ އަށް ޝައުގުވެރިކަން ފާޅުކުރި އެވެ.
ގުލާ ރެއާލްއާ ގުޅުނުއިރު ވެސް އެޓީމުގައި ޒުވާން ގިނަ ތަރިންތަކެއް އެބަތިއްބެވެ. އޭގެތެރޭގައި ބެލިންހަމް އާއި ވިނީޝިއުސް ޖޫނިއާގެ އިތުރުން ރޮޑްރީގޯ އާއި އައުރެލިން ޗުއަމެނީ އަދި އެޑުއާޑޯ ކަމަވިންގާ ފާހަގަކޮށްލެވެ އެވެ.
ޔޫރޯގައި ވިދާލި ގުލާގެ ޗުއްޓީ ރާއްޖޭގައި
އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި
ބެލޮންޑިއޯ ހަފުލާއަށް ނުދިޔައީ ރެއާލުން ބުނެގެން: ވިނީ
ލީގު ހޯދުމުގައި ރެއާލް މެޑްރިޑަށް ގޮންޖެހުމެއް
އެންޓޮނީގެ ރަތްކާޑު ކެންސަލް، ރެއާލާ ދެކޮޅަށް ކުޅެވޭނެ
ސްޕެއިން ފެޑެރޭޝަނުން ރެއާލާ ދެކޮޅަށް ފިޔަވަޅު އަޅަނީ
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ
އެމްބާޕޭގެ ހުވަފެނީ މޮޅުން ރެއާލް އަނެއް ބުރަށް
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ރެއާލް އަތުން މޮޅުވާން ސިޓީ އަށް އޮތީ ހަނި ފުރުސަތެއް