ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތުރުކީ ޓީމުން ވިދާލި ރެއާލް މެޑްރިޑުގެ އެޓޭކިން މިޑްފީލްޑަރު އަރްދާ ގުލާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.
17 ޖުލައި 2024
ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތުރުކީ ޓީމުން ވިދާލި ރެއާލް މެޑްރިޑުގެ އެޓޭކިން މިޑްފީލްޑަރު އަރްދާ ގުލާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.
އުމުރުން 19 އަހަރުގެ ގުލާ، މި ހަފުތާގެ ކުރީކޮޅު ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު ފޮޓޯތައް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ވޯޓާ ސްލައިޑްގައި އުފާފާޅުކުރާ ފޮޓޯ އަދި ޕްރައިވެޓް ވިލާ ބޭރުގައި ހުންނަ ދާގަނޑު މަތީގައި އޮށޯވެގެން އޮންނަ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ގުލާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.
ޔޫރޯގެ ކުއާޓާ ފައިނަލާ ހަމައަށް ތުރުކީ ދަތުރުކުރުމުގައި ގުލާގެ ދައުރު ބޮޑެވެ. މިފަހަރު ޔޫރޯގައި ފެނުނު އެންމެ މޮޅު ލަނޑުތަކުގެ ލިސްޓްގައި، ޖޯޖިއާ ކޮޅަށް ގުލާ ވައްދާލި ލަނޑު ވެސް ހިމެނެ އެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯކަށް ވައްދާލީ ގޯލްގެ ދަނޑީގައި ޖައްސާލުމަށް ފަހު އެވެ.
ރެއާލްއާ މިދިޔަ ސީޒަނުގައި ގުޅުނު މިޑްފީލްޑަރަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ކުޅުމުގެ ފުރުސަތު ދިނީ ސީޒަނުގެ ފަހުކޮޅުގަ އެވެ. ދިން މަދު ފުރުސަތުތަކުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ރެއާލުން އޭނާގެ ސޮއި ހޯދީ ފެނަބާޗޭ އަށް 22 މިލިއަން ޑޮލަރު ދިނުމަށް ފަހު އެވެ. އޭނާ ގެންދަން ވާދަވެރި ބާސެލޯނާއިން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު ބާސާ އަށް ވުރެ ކުރިން އަވަސް ފިޔަވަޅުތަކެއް އަޅައި ރެއާލުން އޭނާގެ ސޮއި ހޯދީ އެވެ.
ކްލަބްގެ ރައީސް ރެފްރީގެ މޫނުމަތީގައި ޖެހި މައްސަލައެއް
"ތުރުކީގެ މެސީ" ގެ ސޮއި ރެއާލުން ހޯދައިފި
އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި
ބެލޮންޑިއޯ ހަފުލާއަށް ނުދިޔައީ ރެއާލުން ބުނެގެން: ވިނީ
ލީގު ހޯދުމުގައި ރެއާލް މެޑްރިޑަށް ގޮންޖެހުމެއް
ޕީކޭކޭ 40 އަހަރު ފަހުން ހަމަލާތައް ހުއްޓާލައިފި
އެންޓޮނީގެ ރަތްކާޑު ކެންސަލް، ރެއާލާ ދެކޮޅަށް ކުޅެވޭނެ
ސްޕެއިން ފެޑެރޭޝަނުން ރެއާލާ ދެކޮޅަށް ފިޔަވަޅު އަޅަނީ
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ
ޖަރުމަނުގެ އޮޒިލް ތުރުކީގެ ރައީސާއެކު ސިޔާސީ ދަނޑަށް