Roadha Mihaaru
ޓޭލާ ސްވިފްޓްގެ އާ ލަވައިގައި ކުރީގެ ލޯބިވެރިޔާ

ޓޭލާ ސްވިފްޓްގެ އާ ލަވައިގައި ކުރީގެ ލޯބިވެރިޔާ

09 ޖުލައި 2023

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ ލަވައިގެ ވީޑިއޯގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ޓޭލާ ލޯޓްނާ ކާސްޓުކޮށްފި އެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ ލަވައިގެ ވީޑިއޯގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ޓޭލާ ލޯޓްނާ ކާސްޓުކޮށްފި އެވެ.

ކެންސަސް ސިޓީގެ އެރޯހެޑް ސްޓޭޑިއަމްގައި އިއްޔެ ބޭއްވި ޓޭލާ ސްވިފްޓްގެ އިރާސް ޓުއާ ކޮންސެޓުގައި އޭނާ ވަނީ ކުރީގެ ލޯބިވެރިޔާ ޓޭލާ ލޯޓްނާ ސްޓޭޖަށް ގެނެސް ބެލުންތެރިން ހައިރާންކޮށްލައިފަ އެވެ. އެ ލަވައިގެ ވީޑިއޯގައި އޭނާ ހިމެނޭކަން އިއުލާންކޮށް، ލަވަ ޕްރިމިއާކުރީ ވެސް އެތަނުގަ އެވެ.

ޓޭލާ ލޯޓްނާ ގިނަ ބަޔަކަށް އެނގޭނީ ފިލްމު "ޓުވިލައިޓް" އިންނެވެ. ޓޭލާ ސްވިފްޓްގެ "ބެކް ޓު ޑިސެމްބާ" ލަވައިގެ އިންސްޕިރޭޝަނަކީ ވެސް އޭނާ އެވެ. އޭނާގެ އިތުރުން، ޓޭލާ ސްވިފްޓްގެ މި އާ ލަވަ "އައި ކޭން ސީ ޔޫ (ޓޭލާސް ވާޝަން)"ގައި އެމެރިކާގެ އެކްޓްރެސް ޖޯއީ ކިންގް އާއި ޕްރެސްލީ ކޭޝް ވެސް ފެނެ އެވެ.

އެ ތިން ތަރިން ވެސް ހިމެނޭ މި މިއުޒިކް ވީޑިއޯ ރިލީޒް މި ކުރީ ސްވިފްޓްގެ އަލްބަމް "ސްޕީކް ނައު (ޓޭލާސް ވާޝަން)" އާއެކުގަ އެވެ. މި ލަވަ ޑައިރެކްޓްކުރީ ވެސް ޓޭލާ އަމިއްލައަށެވެ.

ޓޭލާ ސްވިފްޓް އާއި ޓޭލާ ލޯޓްނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2009 ވަނަ އަހަރު ދެތިން މަސްދުވަހަށެވެ. އެމީހުން ވަކިވީ މާ ބޮޑު މައްސަލައެއް ޖެހިގެން ނޫން ކަމަށް ޕީޕަލް މެގަޒިންއަށް ދިން އިންޓަވިއުގައި ޓޭލާ ސްވިފްޓް ބުނެފައިވެ އެވެ.