Roadha Mihaaru
ޓޭލާ ސްވިފްޓްގެ އާ އަލްބަމް އެޕްރީލް 19 ގައި

ޓޭލާ ސްވިފްޓްގެ އާ އަލްބަމް އެޕްރީލް 19 ގައި

05 ފެބުރުއަރީ 2024

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އޭނާގެ އާ މިއުޒިކް އަލްބަމް މިއަދު އިއުލާންކޮށްފި އެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އޭނާގެ އާ މިއުޒިކް އަލްބަމް މިއަދު އިއުލާންކޮށްފި އެވެ.

ޓޭލާގެ އާ އަލްބަމް އިއުލާންކުރީ މިއަދު ބޭއްވި މި އަހަރުގެ ގްރޭމީސް އެވޯޑް ހަފުލާގަ އެވެ.

މި އާ އަލްބަމްގެ ނަމަކީ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އެވެ. އަދި މި އަލްބަމް ރިލީޒްކުރާނީ މި އަންނަ އެޕްރީލް މަހުގެ 19 ގަ އެވެ.

ޓޭލާ ބުނި ގޮތުގައި، މި އަލްބަމަކީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާ ކުރި މަސައްކަތެވެ.

މި އަހަރުގެ ގްރޭމީ އެވޯޑްގައި ޓޭލާ ވަނީ އަލްބަމް އޮފް ދި އިޔާގެ އެވޯޑް ކާމިޔާބުކޮށްފަ އެވެ. އެ އެވޯޑް ލިބުނީ 2022 ވަނަ އަހަރު ނެރުނު އޭނާގެ އަލްބަމް "މިޑްނައިޓްސް" އަށެވެ.

"ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" ވާނީ ޓޭލާގެ 11 ވަނަ އަލްބަމަށެވެ.

ޓޭލާ މިހާރު އަންނަނީ އޭނާގެ "އިރާސް ޓުއާ"ގެ ދަތުރުތަކަށް ވެސް ރެޑީވަމުންނެވެ. އެ ޓުއާގައި އެމެރިކާގެ އިތުރުން އެކި ގައުމުތަކުގައި އޭނާ ޕާފޯމްކުރާނެ އެވެ. އެ ހުރިހާ ޝޯއެއްގެ ޓިކެޓް މިހާރު ވަނީ ވިކިހުސްވެފަ އެވެ.