ޕެރިސް (ޖޫން 10) - ޔޫރޯގެ ފުރަތަމަ މެޗުގައި މިރޭ މުބާރާތް ބާއްވާ ގައުމު ފްރާންސާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ބަލިފައި އެނގޭ ކަމަށް ރޫމޭނިއާގެ ކޯޗު އަގެލައި އުޑެސްކޫ ބުނެފި އެވެ.
10 ޖޫން 2016
ޕެރިސް (ޖޫން 10) - ޔޫރޯގެ ފުރަތަމަ މެޗުގައި މިރޭ މުބާރާތް ބާއްވާ ގައުމު ފްރާންސާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ބަލިފައި އެނގޭ ކަމަށް ރޫމޭނިއާގެ ކޯޗު އަގެލައި އުޑެސްކޫ ބުނެފި އެވެ.
މި ފަހަރުގެ މުބާރާތަށް ކުރިމަތިލިއިރު ފްރާންސަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ތިން ޑިފެންޑަރަކު ގެއްލުމެވެ. ރަފައެލް ވަރާން އާއި ޖެރެމީ މަތިއު އަށް ވަނީ އަނިޔާވެ މުބާރާތް ގެއްލިފަ އެވެ. މަނާ ބޭހަށް ޕޮޒިޓިވް ވުމުން މަމަދޫ ސަކޯ ހުރީ ސަސްޕެންޝަނުގަ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އުޑެސްކޫ ބުނީ ފްރާންސް ފަހަތް ބަލިކަށިވެފައިވާ ކަމަށެވެ.
"ފްރާންސް ކުޅެނީ ވަރަށް އެޓޭކިން ގޭމެއް. އެކަމަކު އެ ޓީމުގެ ޑިފެންސް މިހާރު އެންމެ ރަނގަޅެއް ނޫން. އެޓީމާ ދެކޮޅަށް ކުޅޭނެ ގޮތް އަހަރެމެންނަށް އެނގޭ،" އުޑެސްކޫ ބުންޏެވެ.
އޭނާ ބުނީ ފްރާންސް ސްކޮޑުގައި ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން އެބަތިބި ކަމަށާއި ނަމަވެސް އެއީ އޭނާ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.
"ކުޅުންތެރިންގެ ފެންވަރާއި އެންމެ ފަހުން ކުޅުނު 10 މެޗުން ފްރާންސް ބަލިވީ އެންމެ މެޗަކުން ކަމަށްވެފައި މިކަންތައްތަކަށް ބަލާއިރު ފްރާންސަކީ މުބާރާތުގެ ފޭވަރިޓުން. އެކަމަކު އަހަރެމެންގެ ރޭވުމާ އެއްގޮތަށް މެޗު ގޮސްފިނަމަ ހައިރާން ކޮށްލެވިދާނެ،" އުޑެސްކޫ ބުންޏެވެ.
މިރޭގެ މެޗު ކުޅޭ ޕީއެސްޖީގެ ސްޓޭޑިއަމަށް އަމާޒުކޮށް މިދިޔަ ނޮވެމްބަރު މަހު 13 ވަނަ ދުވަހު ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި 114 މީހުން މަރުވިއިރު، ހަމަލާ ދިނީ އެ ސްޓޭޑިއަމުގައި މެޗެއް ކުޅެނިކޮށެވެ.
ރުމޭނިއާގެ ކެޕްޓަން ވްލަޑް ޗިރިޗެސް ބުނީ މުބާރާތުގެ ސަލާމަތީ ކަންތައްތަކާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އެ ކަންތައްތަކާ ކަންބޮޑުވުމަށް ވުރެ ބޮޑަށް އެ ޓީމުގެ އަމާޒުހުރީ މެޗަށް ކަމަށެވެ.
ރުމޭނިއާ އާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.
މަޝްހޫރު ތަރިން ގިނަ ޔޫކްރޭނަށް އެއްކަމެއް ވެސް ނުވި
ރުމޭނިއާއާ އެއްވަރުވެ ސްވިޒަލެންޑަށް އިތުރު އިންތިޒާރެއް
ޕަޔެޓުގެ މޮޅު ގޯލުން ފްރާންސަށް ކާމިޔާބު ފެށުމެއް
ބާސާ އަށް ހުރިހާ ތައްޓެއް ހޯދޭނެ: ރަފީނިއާ
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ހަދަން ޓްރެފޯޑް ތަޅާލަނީ
ހޯމްއަވޭ ފޯމެޓް ފެނަށް، ސާފް ޗެމްޕިއަންޝިޕް ލަންކާއަށް
ލިވަޕޫލުގެ ކިޓް ޕާޓްނަރަކަށް އެޑިޑާސް
ކޯޓުއާއަށް ޖާގަ ދޭތީ ދެ ވަނަ ކީޕަރު ޓީމުން ވަކިވެއްޖެ
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ