ބޮލީވުޑްގެ ތަރި މޯނީ ރޯއީ ޕާސްޕޯޓް ނުލާ އެއާޕޯޓަށް ދިއުމުން، އެއާޕޯޓްގެ ސެކިއުރިޓީން އޭނާ އެތަނަށް ނުވެއްދުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެ އެވެ.
ބޮލީވުޑްގެ ތަރި މޯނީ ރޯއީ ޕާސްޕޯޓް ނުލާ އެއާޕޯޓަށް ދިއުމުން، އެއާޕޯޓްގެ ސެކިއުރިޓީން އޭނާ އެތަނަށް ނުވެއްދުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެ އެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު މޯނީއަށް ބޮންބޭ އެއާޕޯޓަށް ދިޔައީ ހަނދާން ނެތިގެން ގޭގައި ޕާސްޕޯޓް ބާއްވައިފަ އެވެ. އެކަމަކު، އޭނާއަކީ މަޝްހޫރު މީހަކަށް ވިޔަސް، ޕާސްޕޯޓް ނުގެންނަނީސް އެއާޕޯޓަށް ނުވައްދަން އެއާޕޯޓްގެ ސެކިއުރިޓީން ނިންމީ އެވެ. އަދި ޕާސްޕޯޓް ހިފައިގެން އަންނަން، އަނބުރާ ގެއަށް ދިއުމަށް ސެކިއުރިޓީން އޭނާއަށް އެންގީ އެވެ.
ބޮންބޭ އެއާޕޯޓްގައި އެ ވަގުތު ތިބި ޕަޕަރާޒީން ވަނީ އެ މަންޒަރުތައް ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
މޯނީ އެއާޕޯޓަށް ދިޔައީ ދުބާއީގައި އޮތް ފެޝަން އިވެންޓަކަށް ދިއުމަށެވެ. އެންމެފަހުން، އެހެން ފްލައިޓެއްގައި އޭނާ ވަނީ އިއްޔެ ދުބާއިއަށް ގޮސްފަ އެވެ.
މޯނީ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ސިނަމާތަކުގައި އެޅުވި "ބްރަމާސްތުރާ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ދަ ވާޖިން ޓްރީ" އެވެ. އެ ފިލްމު އަޅުވާ ދުވަހެއް އަދި އިއުލާންނުކުރެ އެވެ.
ކަންގަނާގެ ޕާސްޕޯޓް އާކޮށް ނުދީގެން ހައި ކޯޓަށް
ސަލްމާންގެ ގެއަށް ބަޑި ޖެހި މީހުންނަށް ދައުވާކޮށްފި
ޑްރަގުގެ ބޮޑު މައްސަލައެއްގައި ބޮލީވުޑްގެ ތަރިން
އާލިއާ އާއި ރަންބީރް އާ ގެޔަކަށް ބަދަލުވަނީ
ޕްރިޔަންކާގެ ހަތަރު ފްލެޓު ބޮޑު އަގުގައި ވިއްކާލައިފި
ބޮލީވުޑަކީ "ޓޮކްސިކް" ތަނެއް: އަނޫރާގު ކަޝްޔަޕް
ސައިފަށް ހަމަލާދީގެން ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް!
ދުއާގެ ޝޯގައި ޝާހުގެ ލަވަޖެހުމުން ފޭނުން މޮޔަކޮށްލައިފި
އެކްތާ އާއި އޭނާގެ މަންމަ ޕޮލިހަށް
ބޮލީވުޑް ތަރިންގެ ހާއްސަ ވަގުތުކޮޅެއް ރާއްޖެ އަށް