އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ފިލްމެއް ޑައިރެކްޓުކުރަން ނިންމައިފި އެވެ.
އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ފިލްމެއް ޑައިރެކްޓުކުރަން ނިންމައިފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ އެންމެ ގާތް އެކުވެރިޔާ، މަނީޝް ފިލްމެއް ޑައިރެކްޓުކުރާ މިއީ ފުރަތަމަ ފަހަރެވެ.
މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، މަނީޝް ޑައިރެކްޓުކުރަނީ ކުރީގެ މަޝްހޫރު ބަތަލާ އަދި އިންޑިއާ ސިނަމާގެ އެންމެ މޮޅު ތަރިންގެ ގޮތުގައި ފާހަގަކުރެވުނު އެކަކު ކަމަށްވާ މީނާ ކުމާރީގެ ބަޔޮޕިކް ފިލްމެވެ.
ޓީ-ސީރީޒް އިން ޕްރޮޑިއުސްކުރާ އެ ފިލްމުގައި މީނާ ކުމާރީގެ ރޯލު ކުޅޭނީ ކްރިތީ ޝެނޮން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި މިހާރު ފިލްމުގެ މަސައްކަތް އޮތީ ސްކްރިޕްޓިން ސްޓޭޖުގައި ކަމަށްވެ އެވެ. ނަމަވެސް، މި ފިލްމު އަދި ރަސްމީކޮށް އިއުލާންނުކުރެ އެވެ.
މި ފިލްމުގައި ދައްކާނީ އިންޑިއާ ސިނަމާގެ "ދަ ޓްރެޖެޑީ ކުއީން"ގެ ގޮތުގައި މަޝްހޫރުވި މީނާ ކުމާރީގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ.
ފިލްމީ ދާއިރާގައި 33 އަހަރު މަސައްކަތްކުރި މީނާ ކުމާރީ މަރުވީ، މާ ގިނައިން ރާ ބުއިމުގެ ސަބަބުން އޭނާގެ ފުރަމޭ ހަލާކުވެގެން ދިމާވި ސިއްހީ އެކި މައްސަލަތަކަށް ފަރުވާކުރަނިކޮށް 1972 ގަ އެވެ. އޭނާ މަރުވީ އުމުރުން 38 އަހަރުގަ އެވެ.
"ދަ ޓްރެޖެޑީ ކުއީން"ގެ ނަން އޭނާއަށް ދެވުނީ ފިލްމުތަކުގައި އޭނާ ކުޅުނު އަސަރުގަދަ ރޯލުތަކުގެ ސަބަބުންނެވެ. އަދި އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހިނގާފައިވާ ބައެއް ހިތްދަތި ކަންތައްތަކާ ގުޅުވައިގެންނެވެ.
ނީލް-ރުކްމިނި ކައިވެނީގެ ހަފުލާގައި ވަރަށް ނަލަ
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
އަނަންޔާ ކައިވެނިކުރަން ފަސް އަހަރުގެ ޕްލޭނެއް ހަދައިފި
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ވިޖޭ އާއި ތަމަންނާގެ ކައިވެނި އަންނަ އަހަރު
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
އާލިއާގެ ނަމަށް ކަޕޫރް އިތުރުކޮށްފި