19 ޖުލައި 2023
މި ވެރިކަމުގައި ހއ. ހޯރަފުއްޓަށް އައި ކުރިއެރުން ރައްޔިތުން ބަލައިގަތުމަކީ ވަރަށް އުފާވެރި އިހްސާސް ކަމަށާއި މި ތަރައްގީގެ ފައިދާ މުޅި ބޮޑު ތިލަދުންމައްޗަށް ކުރަމުން އަންނަ ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.
މި ވެރިކަމުގައި ހއ. ހޯރަފުއްޓަށް އައި ކުރިއެރުން ރައްޔިތުން ބަލައިގަތުމަކީ ވަރަށް އުފާވެރި އިހްސާސް ކަމަށާއި މި ތަރައްގީގެ ފައިދާ މުޅި ބޮޑު ތިލަދުންމައްޗަށް ކުރަމުން އަންނަ ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.
ދެ ވަނަ ދައުރެއްގެ ކެމްޕޭނަށް ހޯރަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ހޯރަފުއްޓަށް ކުރައްވާ ފަސް ވަނަ ދަތުރު ކަމަށެވެ. މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓް ހޯރަފުށީގައި އެޅި ފަހުން ތިން ދަތުރު އެމަނިކުފާނަށް ކުރެއްވިއްޖެ ކަަމަށާއި އެ އުފާވެރިކަން ބަނދަރުގައި މަރުހަބާ ދަންނަވަން ތިބި ކުދިންގެ ފަރާތުން މިއަދު ފެނިވަޑައިގަތް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ރަށަށް މި އަންނަ ބަދަލު މިއޮތް އުލިގަމުންނާއި ތުރާކުނުންނާއި އިހަވަންދޫން ވެސް އެބަފެނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހޯރަފުއްޓަށް ގެނެސްދީފައިވާ ތަރައްގީއަކީ މި ސަރުކާރުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ގެންނަން ބޭނުންވާ ތަރައްގީ ކަމަށެވެ. އެ ނޫން އެހެން އެއްވެސް އެޖެންޑާއެއް އެމަނިކުފާނުގެ ވެރިކަމުގައި ނެތް ކަމަށް ވިދާޅުވި އެވެ.
ހޯރަފުށީގެ ޖަލްސާގައި އެ ރަށުގެ ބަޔަކު ބައިވެރިވަނީ. -- ފޮޓޯ | އެމްޑީޕީ
"މި ރަށުގެ އެއާޕޯޓު ތަރައްގީ ކުރެވިއްޖެ. އެއީ މި ސަރުކާރުން ހުޅުވި ފުރަތަމަ އެއާޕޯޓު. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މި ދައުރު ނިމުމުގެ ކުރިން އޭގެ އިިތުރު (މިހާރު އަޅަމުންދާ އެއާޕޯޓު ތަކުގެ އިތުރުން) ފަސް އެއާޕޯޓެއްގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް އެއްކޮށް ނިމުމާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީވުމުން އިގްތިސޯދު ދެގުނަކުރުމުގެ އަމާޒަށް ވާސިލްވެވޭނެ އެވެ.
ކޮވިޑުގައި ޖެއްސުންކުރި، ރިސޯޓުގައި މަސްކައްކަން ގޮވި!
ވައުދެއް ވެއްޖިއްޔާ އެކަމެއް ދޫކޮށް ނުލާނަން: ރައީސް
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
ހެޔޮވެރިކަމެއް ކޮށްދެވުމުގެ އިހުސާސްކުރެވޭ: ރައީސް
ރައްޔިތުން ގާތު ނާހާ ނިޒާމުގެ ބަދަލެއް ނުގެންނާނެ
ގާނޫނީހުރަހެއް ނެތްނަމަ، ނޮވެމްބަރު 11ގައި ހުވާކުރާނެ
ވަޒީރުން ދެއްވި އެއްބާރުލުމަށް ރައީސްގެ ޝުކުރު
ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ހާއްސަ ކޮމެޓީއެއް
ރައީސާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި