ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފި އެވެ.
01 އޮކްޓޯބަރ 2023
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފި އެވެ.
ރައީސް މިއަދު ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނާ ވާދަކުރައްވައި، ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވާފަ އެވެ. އަދި މުއިއްޒަށް ތަހުނިޔާ ވިދާޅުވެ، ރައީސް ވަނީ ރައްޔިތުންގެ ނިންމުން ބަލައިގަންނަ ކަމަށް ވިދާޅުވެފަ އެވެ.
އަދި، "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރަންޖެހޭ ހުރިހާ ކަމެއް ވީހާ ވެސް އަވަހަކަށް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ބައްދަލު ކުރެއްވުމުގައި ރައީސް މިއަދު ދެއްވި އެވެ.
ރައީސް އޮފީހުން ބުނީ އެ މަސައްކަތް ފެށުމަށް ހާއްސަ ކޮމިޓީއެއް އުފައްދާފައިވާ ކަމަށާއި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކެޓްރީ ހުސައިން އާމިރު ކަމަށެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ.
އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސް އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނޭ ޓީމެއްގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްއާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އިންތިހާބީ ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ނިންމުން ބަލައިގަނެ އެމަނިކުފާނަށް ރައީސް ގުޅުއްވި ކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދަން އެއްބާރުލުން ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
ރައީސާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ދެ ކެންޑިޑޭޓުންގެ ފޯރިގަދަ ކެމްޕެއިން ނިންމާލައިފި
"ރައީސް މިވާ ވައުދުތަކުން ވެއްޓޭނީ ނުރައްކާހާލަތަކަށް"
"މުއިއްޒުގެ ވަޒީރުކަމުގައި އެންމެ ގޯއްޗެއްވެސް ނުދެވޭ"
ސީދާ މަޖިލީހަށް ނިޒާމީ ވޯޓަށް އެހޭނެތޯ އޮތް ސުވާލު!
"ނިޒާމީ ވޯޓަށް މަޝްވަރާކުރިން، ދެން އިތުބާރެއް ނެތް"
ފާރިސްގެ ބޮޑެތި ހުށަހެޅުންތަކެއް ރައީސާއި މުއިއްޒަށް