ދިރާގުން މޮބައިލް ލެޖެންޑް ކޮންކުއެސްޓެއް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
22 ޖުލައި 2023
ދިރާގުން މޮބައިލް ލެޖެންޑް ކޮންކުއެސްޓެއް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެއް ލައްކަ ރުފިޔާގެ އިނާމު ޕޫލެއް ހުށަހަޅައި ގޭމަރުން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލަފަ އެވެ. މި މުބާރަތް ބާއްވާނީ މި މަހުގެ 28 ވަނަ ދުވަހުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގައި ބައިވެރިވެވޭނީ 15 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ހަމައެކަނި ދިވެހިންނަށެވެ.
E-Sports Sign-Up | Dhiraagu
Welcome to Dhiraagu E-Sports Sign-up!
މި ލިންކުން ރަޖިސްޓާކުރެވޭނެ.
މި މުބާރާތަކީ 40 ޓީމެއްގެ ލިމިޓެޑް ސްލޮޓުތަކެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތަކަށްވުމުން މުބާރާތުގެ ޖާގަ ކަށަވަރުކުރުމަށް ވީހާވެސް އަވަހަކަށް ރަޖިސްޓާކުރުމަށް ދިރާގުން ވަނީ އެދިފަ އެވެ. މި މުބާރާތުގައި ކުޅޭނީ ފަސް ކުޅުންތެރިން ހިމެނޭ ޓީމުތަކުންނެވެ.
މި މުބާރާތުގެ ފުރަތަމަ ހަތް ދުވަސް ކުރިއަށް ދާނީ އޮންލައިން ކޮށެވެ. ދިރާގުން ބުނި ގޮތުގައި އެ މެޗުތައް ދިރާގުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރާނެ އެވެ.
މުބާރާތުގެ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ފުލް ޑޭ ފިޒިކަލް އިވެންޓެއްގެ ގޮތުގަ އެވެ. ގްރޭންޑް ފިނާލޭ ކުޅޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. ފިޒިކަލް އިވެންޓެއްގެ ގޮތުގައި ގްރޭންޑް ފިނާލޭ ބާއްވަނީ މެޗު ކުޅޭތަނަށް ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާއާއި ރަހުމަތްތެރިންނަށް މެޗު ލައިވްކޮށް ބެލުމުގެ ފުރުސަތު ދީ މެޗުގެ ފޯރި ގަދަކުރަން ކަމަށް ދިރާގުން ބުނެ އެވެ.
މޮބައިލް ލެޖެންޑްސް އަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އީ-ސްޕޯޓްސް އިވެންޓެވެ. ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
ރާއްޖޭގެ ގޭމަކަށް އެޕިކް ގޭމްސް އިން މާލީ އެހީ
ދިރާގުގެ "އާރްބީ ކުއެސްޓް" ގޭމް ކުޅެގެން އިނާމްތަކެއް
ދިރާގާއި އާސިލްސްއިން "ތަކުރު ވޯސް"ގެ ނަމުގައި ގޭމެއް
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑު ދިރާގަށް
ދިރާގާއެކު ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގުން ޓިއާ-4 ޑޭޓާ ސެންޓަރު ހުޅުވައިފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ