ދިރާގުގެ "އާރްބީ ކުއެސްޓް" ގޭމް ކުޅެގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
06 ޑިސެމްބަރ 2020
ދިރާގުގެ "އާރްބީ ކުއެސްޓް" ގޭމް ކުޅެގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގެ ފުރަތަމަ އޮގްމަންޓެޑް ރިއަލިޓީ ގޭމް "އާރްބީ ކުއެސްޓް" އަނެއްކާ ވެސް މިވަނީ ކަސްމަރުންނާ ހަމައަށް އައިސްފަ އެވެ. މިފަހަރު މި ގޭމަށް އިތުރު ފީޗާތައް ވެސް ވަނީ އިތުރު ކޮށްފަ އެވެ. މި ގޭމް ދިރާގުން ރީ-ލޯންޗުކޮށް ފެށި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ މޯބައިލް ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
މި ގޭމުގައި ޖެހޭނީ ފޯނު ކެމެރާ ބޭނުންކޮށްގެން އެކި ސަރަހައްދުތަކުން ރާޅު ބިސް ހޯދާށެވެ. މިކަން ކުރުމުގައި "ކަލޯ" ނަމަކަށް ކިޔާ ކެރެކްޓާއެއް ޕްލެޔަރުންނަށް އެހީތެރިވާނެ އެވެ. އަލަށް ގެނައި ވާޝަންގައި ޕްލެޔަރުންނަށް އެހީވާ އޭއާރްގެ އިތުރު ފީޗާސް ހިމެނެ އެވެ. މި ގޭމާ އެކު ފުރަތަމަ ތިން މަހުގައި ދިރާގުގެ މަމެން ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ގޭމް ޕްލޭ އިން މަމެން އެޕަށް ޓްރާންސްފާ ކުރެވޭނެ އެވެ.
އާރްބީ ކުއެސްޓް
މި ގޭމުން އެންމެ ގިނަ ޕޮއިންޓް ހޯދާ ކަސްޓަމަރުންނަށް އައިޕޯން 12 ޕްރޯ މެކްސް ގެ (128ޖީބީ) ފޯނެއް ލިބޭނެ އެވެ. ދެވަނަ އަށް ހޮވޭ ޕްލެޔާ އަށް ސެމްސަންގް ގެލެކްސީ އެސް 20 އަލްޓްރާ އެއް ލިބޭ އިރު ތިން ވަނަ އަށް ހޮވޭ މީހަކަށް ސެމްސަންގް ގެލެކްސީ އެސް 20 ޕްލަސް އެއް ލިބޭނެ އެވެ.
"އާރުބީ ކުއެސްޓް" ގޭމް ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލްގެ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.
ދިރާގާއި އާސިލްސްއިން "ތަކުރު ވޯސް"ގެ ނަމުގައި ގޭމެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް
ދިރާގުން "ބެކް ޓު ސްކޫލް" އޮފާތަކެއް