މާލޭގެ ގެއެއްގައި ގޭސް އުނދުނެއް ރޯކުރަނިކޮށް ހުޅުގަނޑު ފަޅައިގެންގޮސް ފިހުނު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
23 ޖުލައި 2023
މާލޭގެ ގެއެއްގައި ގޭސް އުނދުނެއް ރޯކުރަނިކޮށް ހުޅުގަނޑު ފަޅައިގެންގޮސް ފިހުނު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
މ. ދިލީވިލާގައި މި ހާދިސާ ހިނގީ އެމްއެންޑީއެފުން ބުނި ގޮތުގައި ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުންނެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ މޫނު ފިހިފައިވާ ކަމަށާއި ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ގޭސް ލީކުވެފައި ހުއްޓާ ރޯކުރުމުން ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް ބަޔަކަށް އަނިޔާވެފައިވެ އެވެ. މި އަހަރާއި މިދިޔަ އަހަރު ވެސް މިފަދަ އެތައް ހާދިސާއެއް ހިނގާފައި ވާއިރު މިދިޔަ އަހަރު ފިހުނު އަންހެނަކަށް ފަރުވާދެނިކޮށް ނިޔާވެފައި ވެސް ވެ އެވެ.
މާލޭގެ ގެއެެއްގައި ގޭސްފުޅިއެއް ގޮވައި ދެމީހަކު ފިހިއްޖެ
ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި ރޯވެ އަނދަނީ
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ
ފްލެޓްގައި ރޯވީ އެކްޒޯސްޓަކުން ކަރަންޓް ޝޯޓުވެގެން
ހިޔާގެ އެޕާޓްމަންޓެއްގައި ރޯވެ، ގެއްލުން ލިބިއްޖެ
އެޕާޓްމެންޓެއްގައި ރޯވެ ކޮޓަރިއެއް އަނދައިފި
އައްޑޫގެ ރީތި އިކޯ ގާޑެން "އަންދާލައި" އަޅިއަށް
ލިލީ ފިހާރައިގައި ރޯވެ ބޮޑު ގެއްލުމެއް
ކުޑަރަށް ރިސޯޓުގެ ވޯޓަވިލާއެއްގައި ރޯވެއްޖެ
ފްލެޓުގައި ރޯވި ހާދިސާގައި 21 މީހަކަށް ބޯހިޔާވަހިކަން